އޭޝިޔާގެ ބައެއް ޤައުމުތަކުން ޚަރަދުކުޑަކުރަން ޚާއްޞަ ފިޔަވަޅުތަކެއް
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު މަޤުބޫލު ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ 25 ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް ދަނީ ކުރަމުންނެވެ. އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތެލާއި ހަކަތައިގެ ދާއިރާއަށެވެ. ތެލާއި ޤުދުރަތީ ގޭސް އ…