Live 340,832 stories Updated Mar 26, 2026
Browse topics All stories

Latest stories

Live feed

މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި ރެފެރަންޑަމް ހުއްޓުވައިދިނުމުގެ މައްސަލަ ފަށަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނ…

ސެމީގެ އުއްމީދު އެބައޮތް، ބޫޓާން މެޗަށް ބަދަލުތަކެއް ގެންނާނަން: ލަންކާ

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު 2026ގައި ސްރީލަންކާއިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ނޭޕާލުން އަތުން ބަލިވިނަމަވެސް، ސެމީ ފައިނަލަށް ދެވިދާނެކަމުގެ އުއްމީދު އެބައޮތްކަމަށް ލަންކާގެ އެސިސްޓެންޓް ކޯޗު އިމްރާމް މުހައްމަދު ބުނެފިއެވެ. ލަންކާއާއި ނޭޕާލް ބަ…

މޮޅުވިޔަސް، ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ ނޭޕާލް ކޯޗުގެ ކަންބޮޑުވުން

ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ސެމީއާ ގާތަށް ނޭޕާލް ޖެހިލި ނަމަވެސް، މެޗުތެރެއިން ލަނޑުޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޭޕާލް ޓީމުގެ ކޯޗު، އުރްޖަން ޝްރެސްތާ ފާޅުކޮށްފިއެވެ. ލަންކާއާ ދެކޮޅަށް ކުޅެ ނޭ…

ރައީސަށް ހުށަހެޅުއްވުމަށް ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް އެކުލަވާލަނީ

ޚަރަދު ކުޑަކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅުވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ޚަރަ…

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ

ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ އޮއްވާ ކުއްޖާ ނިޔާވެއްޖެ އެވެ.

އާންމުންނަށް ހަމަލާދިނުން ބަލައެއް ނުގަނެވޭ، ހަނގުރާމަ ނިންމަން ދުނިޔެއިން އިތުރަށް ބާރު އަޅަން ރާއްޖޭން ގޮވާލައިފި

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އާންމު ރައްޔިތުންނަށާއި އާންމުންނާ ގުޅުން ހުރި އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ބަލައެއް ނުގަނެވޭނެ ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔެ އިން އިތުރަށް ބާރު އެޅުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ލަންކާ އަތުން ހޯދި މޮޅާއެކު ނޭޕާލް ސެމީއާ ގާތަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން، ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދުމާ ގާތަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ލަންކާއާ ދެކޮޅަށް ކުޅެ ނޭޕާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސ…

ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!

މި ސަރުކާރު ވެރިކަމަށް އައި ފަހުން، ފ. ފީއަލީ އިން ފެނަކަ އަށް ނަގާފައި ވަނީ އެންމެ 10 މުވައްޒަފުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހެއްދެވީ ބޮޑު ދޮގެއްކަން ހާމަވެއްޖެ އެވެ.

ތެޔޮ ލިބުން ދަތިވެ ކޮވިޑްގެ ސިޔާސަތުތަކަށް އޭޝިޔާގެ ޤައުމުތަކުން އެނބުރެނީ

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވެ، ކޮވިޑް-19 ގެ ދުވަސްވަރު އަމަލުކުރި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އެނބުރެން އޭޝިޔާގެ ގިނަ ޤައުމުތަކަކަށް މަޖުބޫރުވެއްޖެއެވެ. ހުރްމުޒް ކަނޑުއޮޅިން އު…

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

މި ވަގުތަކީ މީހުން ވަޒީފާ އަށް ނެގުމަށް އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ހިންގުމަށްޓަކައި ދޭން ޖެހޭ ވަޒީފާތައް ދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…