Live 340,837 stories Updated Mar 26, 2026
Browse topics All stories

Latest stories

Live feed

އާންމުންނަށް ހަމަލާދިނުން ބަލައެއް ނުގަނެވޭ، ހަނގުރާމަ ނިންމަން ދުނިޔެއިން އިތުރަށް ބާރު އަޅަން ރާއްޖޭން ގޮވާލައިފި

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން އާންމު ރައްޔިތުންނަށާއި އާންމުންނާ ގުޅުން ހުރި އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ބަލައެއް ނުގަނެވޭނެ ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔެ އިން އިތުރަށް ބާރު އެޅުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ލަންކާ އަތުން ހޯދި މޮޅާއެކު ނޭޕާލް ސެމީއާ ގާތަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލުން، ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދުމާ ގާތަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ލަންކާއާ ދެކޮޅަށް ކުޅެ ނޭޕާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސ…

ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!

މި ސަރުކާރު ވެރިކަމަށް އައި ފަހުން، ފ. ފީއަލީ އިން ފެނަކަ އަށް ނަގާފައި ވަނީ އެންމެ 10 މުވައްޒަފުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހެއްދެވީ ބޮޑު ދޮގެއްކަން ހާމަވެއްޖެ އެވެ.

ތެޔޮ ލިބުން ދަތިވެ ކޮވިޑްގެ ސިޔާސަތުތަކަށް އޭޝިޔާގެ ޤައުމުތަކުން އެނބުރެނީ

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވެ، ކޮވިޑް-19 ގެ ދުވަސްވަރު އަމަލުކުރި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އެނބުރެން އޭޝިޔާގެ ގިނަ ޤައުމުތަކަކަށް މަޖުބޫރުވެއްޖެއެވެ. ހުރްމުޒް ކަނޑުއޮޅިން އު…

މިއީ ވަޒީފާ އަށް މީހުން ނަގަން ރަނގަޅު ވަގުތަކަށް ނުވިޔަސް، ސަރުކާރު ހިންގަން ދޭން ޖެހޭ ވަޒީފާ ދޭނެ: ޒަމީރު

މި ވަގުތަކީ މީހުން ވަޒީފާ އަށް ނެގުމަށް އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ހިންގުމަށްޓަކައި ދޭން ޖެހޭ ވަޒީފާތައް ދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީމުން މިރޭ ކުޅޭ މެޗުގެ ޓިކެޓު ހުސްވެއްޖެ، ޙާއްޞަ ޖާޒީއެއް ވެސް ވިއްކަނީ

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ދިވެހިރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗުގައި ރާއްޖެއަށް ވިއްކުމަށް ކަނޑައަޅާފައިވާ ޓިކެޓުތައް ވިކި ހުސްވެފައިވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. މިރޭގެ މެޗަށް ރާއްޖެ ޓީމަށް ވިއްކުމަށް ކަނޑައަޅާފައި ވަނީ 700 އެއްހައި ޓިކެޓު ކަމަ…

"ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް!"

ރައްޔިތުން ބޭނުންވަނީ އެ ސިޓީއެއްގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބަސްކަމަށާއި, އެ ސިޓީގައި މާލޭގައި އިންނަ ބޮޑު "ދޮގު ބޮނޑި" އެއްގެ ބަހެއް ރައްޔިތުން ބޭނުމެއް ނުވާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

50 ހައުސިން ޔުނިޓް ވައިކަރަދޫގައި ތަރައްގީކުރުމަށް އެޗްޑީސީއަށް

50 ހައުސިން ޔުނިޓް ހދ. ވައިކަރަދޫގައި ތަރައްޤީކުރުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޑިޖިޓަލައިޒޭޝަނާއި އިޖުތިމާއީ ތަރައްގީގައި ބީއެމްއެލް އަށް ކާމިޔާބު އަހަރެއް!

ހިއްސާދާރުންގެ މައްޗަށް ބިނާވެފައިވާ ކޮންމެ ކުންފުންޏެއް އަދި އިދާރާއެއްގެ ކޮންމެ އަހަރެއްގެ ކާމިޔާބީ، އާހިރުގައި މިނެކިރާނީ އެ ތަނަކުން ހާސިލުކުރާ މާލީ ކާމިޔާބީތަކުގެ މައްޗަށެވެ.

ހަރަދު ކުޑަކުރުމުގެ ޕްލޭން ހަފުތާއެއްގެ ތެރޭގައި ރައީސަށް ހުށަހަޅާނަން: ޒަމީރު

އީރާން ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރަތައް ބަލައި، އެކަމުގެ ޕްލޭން ފިނޭންސް މިނިސްޓްރީން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަ…

އެމެރިކާގެ ހުށަހެޅުން ލިބިއްޖެ ކަމަށް އީރާނުން ބުނެފި، މަޝްވަރާތައް ޕާކިސްތާން ނުވަތަ ތުރުކީގައި

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާގެ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް ލިބިފައިވާ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ޕާކިސްތާނު ނުވަތަ ތުރުކީގައި ބާއްވާ ގޮތަށް ހަމަޖެހިދާނެ ކަމަށް އީރާންގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.

Loading fresh headlines…