Live 341,045 stories Updated Mar 21, 2026
Browse topics All stories

Latest stories

Live feed

ރެފަރެންޑަމްގައި ނޫނެނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

ލޯކަލް ކައުންސިލް އިންތިޚާބާ އެކު ނަގާ ރެފަރެންޑަމްގައި ރައްޔިތުން ނޫނެކޭ ބުނަން ޖެހެނީ މި ވޯޓަކީ މި ސަރުކާރުން އޮޅުވާލުމެއްގެ ތެރެއިން މުޅި ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ރާވާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށް ވާތީ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އީރާނުން ފޯޅަވައްސަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލި، ކާމިޔާބެއް ނުވި: ރިޕޯޓް

އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި އެ ގައުމުން އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ދޭ ރައްދު ހަމަލާތަކުގައި ފޯޅަވަހީގައި ހިންގާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފި އެވެ.

ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް

ބަރަކާތްތެރި ފިތުރުޢީދުގެ އުފަލުގައި، ޢާއިލާތައް އެއްތަނަކުން ބައްދަލުވެ، އިޖުތިމާޢީ ރޫޙު އާލާކުރުމުގެ މަގުސަދުގައި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބާއްވަމުންދާ "ޢީދު ހަވީރު 1447" ގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ…

އެއާ އިންޑިއާއިން ކެނެޑާއަށް ދަތުރު ފެށުނީ ހުއްދަ ނެތް ބޯޓެއްގައިކަން އެނގުނީ ހަތަރު ގަޑިއިރު ފަހުން

ކެނެޑާގެ ވެންކޫވަރަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް، އަށް ގަޑިއިރެއްހާއިރު ވައިގެ ތެރޭގައި ހޭދަކުރުމަށްފަހު، އިއްޔެ އެއްވެސް ތަނަކަށް ނުގޮސް އަނބުރާ ދިއްލީއަށް ޖައްސައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ކެނެޑާއަށް އެތެރެވުމުގެ ހުއްދަ ނެތް ބޯޓެއް އޮޅުމަކުން އެ ދަތުރުގައި ބޭނުންކުރެވުމުގެ ސަބަބު…

ބަންޑުން ޖަހާލި ލޯންޗުގައި ބިލިނިއަރު ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރި

ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުގައި އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރި ކަމަށާއި އޭނާއަށް ވެސް ފަރުވާދޭން ޖެހުނު ކަމަށް ފުލުހުން ބުނެފި އެވެ.

މިސައިލެއްގެ ބައެއް އަގްސާ ހަރަމްފުޅުގެ ގޯތިތެރެއަށް ވެއްޓި މީހަކު ޒަހަމްވެއްޖެ

އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ގޯތިތެރެއަށް މިއަދު މިސައިލެއްގެ ބައިތަކެއް ވެއްޓި މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.

Loading fresh headlines…