Live 341,533 stories Updated Mar 14, 2026
Browse topics All stories

Latest stories

Live feed

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު ވިދާޅުވެއްޖެ އެވެ.

މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވިއިރު އެމްޑީޕީން އެމަނިކުފާނަށް ހުރަސްއެޅި: ޝުޖާއު

މާލޭގެ މޭޔަރުކަމުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނަށް ހުރަސްއަޅަމުން ގެންދިޔަ ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބުރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރެފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ގާނޫނާ ގާނޫނު އަސާސީ ގައި ބަޔާން ކުރާ ކަންކަން ފުރިހަމަނުވާތީ ޝަކުވާ ކުރެވޭނެ ހަމައެކަނި ތަނަކީ ކޯޓު ކަމަށް ވުމާއެކު ކޯޓަށް އެ މައްސަލަ …

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ތައާރަފުކުރަނީ

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

އދ. ދިގުރަށުގައި ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ލުބްނާނުން 810,000 އަށްވުރެ ގިނަ މީހުން މަގުމަތިވެފައި

ޞަހްޔޫނީ ދައުލަތުގެ ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 816,000 އަށް އުފުލިފައިވާ ކަން ހާމަކޮށް، އެކުވެރި ދައުލަތްތައް (އދ)ން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޔަހޫދީން ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގެ މަޢުލޫމާތު ސަލާމަތީ މަޖިލ…

Loading fresh headlines…