Live 341,535 stories Updated Mar 13, 2026
Browse topics All stories

Latest stories

Live feed

"ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް"ގައި 128 ކުޅުންތެރިން

ޔުނިފައި ގޭމްސް ކުލަބާއި ޕޮޕް ސްޕޭސް ގުޅިގެން ބާއްވާ އީސްޕޯޓްސް މުބާރާތް ފަށައިފިއެވެ. "ދަ ޓްރެއިލް ގޭމިން ޓޯނަމަންޓް"ގެ ނަމުގައި ކުރިއަށްގެންދާ މިމުބާރަތަކީ ގޭމިންއަށް ލޯބިކުރާ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތަކަށްވާއިރު މިއީ ޔުނިފައި ގޭމްސް ކުލަބުން މިފަދަ ގޮތަކަށް ބާއްވާ ފުރ…

ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ، ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމުގެ މަސައްކަތް ކުރަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައި ދެމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ. ދިގުރަށުގައި ހުރި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 8 މީހަކަށް އެކިވަރުގެ އަނިޔާ ލ…

އެމެރިކާގެ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވައްޓައިލައިފިން: ޢިރާޤް

ޢިރާޤުގެ ވައިގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ކޭސީ-135 މަރުކާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވައްޓައިލައިފިއެވެ. އީރާނުން ވާގިވެރިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، 'އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤް'އިން ވަނީ އެ މަތިން…

"ކުރެވުނު ހެޔޮ ޢަމަލުތަކަށް ބޮޑާވެ، ފަޚުރުވެރިވާ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެ"

ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ!" އެވެ…

ބަސްޓޯނީ ގަތުމަށް އަރައުހޯ ވިއްކާލަނީ

ބާސެލޯނާއިން އިޓަލީގެ އިންޓަމިލާނުގެ ޑފެންޑަރު އަލަސެންދްރޯ ބަސްޓޯނީ ގަތުމަށް ކެޕްޓަން ރޮނަލްޑް އަރައުހޯ ވިއްކާލަން މަސައްކަތް ފަށައިފި އެވެ. ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއިން ގަތުމަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިއަކީ ސެންޓްރަލް ޑިފެންޑަރެކެވެ. މި ގޮތުން އެ ޓީމުގެ ސްޕޯޓިން ޑިޕާޓްމަންޓުން …

"ޚިދުމަތުން ވަކިވިޔަސް، މި އަޑެއް ނުކެނޑޭނެ"

ދިވެހިރާއްޖޭގެ އަޑުން ފަނޑުވުމެއް ނެތި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އެއް ފަރާތަކީ އަލި ހިލްމީއެވެ. އަޑަށް 4 ދަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމަށް ފަހު، މިއަދު އޭނާ ވަނީ އޭނާގެ އަޑުގެ ވޮލިއުމް ދަށްކޮށްލާ ދުރައްޖެހިލާފައެވެ. މަސައްކަތުން ރިޓަޔަރ ކުރީ ދެމިއޮންނާނެ ހަނދާންތަކާއި ފަނޑުވުމެއް ނާނ…

Loading fresh headlines…