ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ، ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމުގެ މަސައްކަތް ކުރަނީ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި 50 އުމްރާވެރިން ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.