Live 359,309 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

މަޖިލީހަށް ބަލައިގަތުމުގެ ކުރިން ގަރާރަށް ބަހުސް ނުކުރެވޭ އުސޫލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅާ ގަރާރަށް ބަހުސް ކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް ނިންމައި، ބަލައިގަންނަން ފާސްނުވާ ނަމަ ބަހުސް ނުކޮށް ގަރާރު ބާތިލުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަދަލުކޮށްފި އެވެ.

ނޮޅިވަރަންފަރު އާންމު ހާލަތަކަށް ގެނައުމަށް ގޮންޖެހުންތަކެއް އެބަހުރި: ކައުންސިލް

ފާއިތުވި ހަފުތާގައި މުޅިރާއްޖެއަށް ކުރި ވިއްސާރައިގައި އުތުރުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ހދ. ނޮޅިވަރަންފަރުން މިއަދު ފެން ހިންދާ ނިންމާލެވިއްޖެ ކަމަށާއި ނަމަވެސް އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި އަދި ހަތަރު ވަރަކަށް ދުވަސް ނަގާނެ ކަމަށް ކައުންސިލުން ވިދާޅުވެއްޖެއެވެ. ފެންބޮޑުވުމުގެ ސަބަބުން…

ޓެކްސް ބޮޑުކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން، އަދި އެއިންވެސް ކުރަމުންދަނީ ވައްކަން: ނާޒިލް

ޓެކްސް ބޮޑުކޮށްގެން މި ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން ކަމަށާއި އަދި އެއިންވެސް ކުރަމުންދަނީ ވައްކަންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ޓީޓީއެޗް ކްލިނިކުގައި އެންޑޯކްރިނޮލޮޖީގެ ހާއްސަ ޑޮކްޓަރު ކޮންސަލްޓް ކުރަން ފަށަނީ

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެންޑްރޯކްރިނޮލޮޖީގެ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މާލޭގެ ޓީޓީއެޗް ކްލިނިކްގައި ކޮންސަލްޓް ކުރަން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ފެނަކައިގެ އަރައިޒް ޕްރޮޖެކްޓްގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީވީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން، ފެނަކައިގެ އަރައިޒް (ARISE) އިނިޝިއޭޓިވްގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީވީ ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުން އަދި މަސައްކަތް ހިންގުމުގެ އެއްބަސްވުމުގައި ސީނޯ ސޯއާރ …

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު، މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފި

މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފަށައިފިއެވެ. މިއީ، ތިލަފުށި ޕޯޓުން ދޭން ފެށި ފުރަތަމަ ޚިދުމަތެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމ…

Loading fresh headlines…