Live 359,309 stories Updated Oct 27, 2026
Browse topics All stories

Latest stories

Live feed

ޖިންސީ ގޯނާގެ މައްސަލަ ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: ވެމްކޯ

ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ އަމަލެއްގެ މައްސަލައިގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކަށް ކުށް ސާބިތުވެއްޖެނަމަ އޭނާއާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

ފީފާ ވޯލްޑް ކަޕެއްގައި ރާއްޖޭގެ ފުރަތަމަ ގޯލްތަކާއި ޕޮއިންޓް، 15 އަހަރުން ދަށުގެ ޓީމަށް!

ފީފާ މެންބަރު ހުރިހާ ގައުމަކަށް ހުޅުވާލައިގެން މުޅިން އަލަށް ބާއްވާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލްގައި ރާއްޖޭގެ ޓީމުން އެންގުއިލާއާ 3-3 އެއްވަރުކޮށް ފީފާގެ ވޯލްޑް ކަޕެއްގައި ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.

ގޭސް ލީކުވުމުގެ 400 މައްސަލަ، އެންމެ ގިނަ ހާދިސާ ހިނގީ ގޭސްފުޅީގެ ތުނބާއި ޕެކިން ހަލާކުވެގެން

ގޭސް ލީކުވުމާ ގުޅޭގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 400 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެންމެ ގިނައީ ގޭސް ފުޅީގެ ތުނބާއި ޕެކިން ހަލާކުވުމުން ހިނގި ހާދިސާތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޖަނާޒާއަކަށް ދިން ހަމަލާގެ ބަދަލުގައި އުރުދުނުން ސޫރިޔާއަށް ބޮންއަޅައިފި

އުރުދުންގެ ކަރަކްގެ ފައްޅިއެއްގައި އޮތް ޖަނާޒާއަކަށް ދިން ހަމަލާއަށް ތިން ދުވަސް ފަހުން، ބަދަލުހިފުމުގެ ގޮތުން އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާގެ ދެކުނުގައިވާ "ނިރުބަވެރިންގެ ހާލިތަކަކަށް" ވައިގެ ހަމަލާތަކެއް ދީފިއެވެ. އޮކްޓޫބަރު 23 ވަނަ ދުވަހު ޙަމޫދު ފައްޅިއަށް ދިން ހަމަލާގެ ޒިންމާ އު…

އީރާނުގެ މެދުމިނުގެ ފިކުރަށް ހަރުކަށި ފަރާތްތަކުގެ ގޮންޖެހުން

އެމެރިކާއާއެކު އައު ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން ބޮޑުވަމުންދަނިކޮށް، ނިއުކްލިޔަރ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަޤުވާމީ މުޢާހަދާއިން ވަކިވުމަށް އީރާނުގެ ހަރުކަށި ފިކުރުގެ 'ޕާޔިދާރީ ފްރަންޓު' އިން ޤާނޫނުހަދާ މަޖިލީހަށާއި ޤައުމީ ސަލާމަތާ ބެހޭ މަތީ މަޖިލީހަށް ހުށަހަޅައިފިއެވެ. އަދި، ނިއުކްލ…

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް ބާއްވަނީ

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ ގަތުލްއާންމު ޔަހޫދީން ހުއްޓައެއް ނުލާ: އދ

އެމެރިކާ މެދުވެރިވެ ހަމަޖެއްސި ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް ޣައްޒާގައި ޔަހޫދީން ނަސްލުހޭދުކުރުން ކުރިއަށް ގެންދިޔަ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) މިނިވަން ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. އިރުމަތީ ޤުދުސް ހިމެނޭހެން ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ހިންގި ޖަރީމ…

ސައުދީގެ ހަމަލާތައް ޙޫޘީންގެ މިސައިލް ނިޒާމު ނައްތާލުމަށް

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ކުރިމަތިކުރަމުންދާ "ނުރައްކާތައް ނައްތައިލުމަށް" ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގެ ދަށުން، ބެލިސްޓިކް މިސައިލް އުދުއްސާ ހަތަރު ޕްލެޓްފޯމަކާއި މިސައިލް ރައްކާކުރާ ފަސް ބިންގަރާހެއް ހަލާކުކޮށް، ނައްތައިލާފައިވާނެ ކަމުގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިޙާ…

Loading fresh headlines…