Live 342,358 stories Updated Mar 1, 2026
Browse topics All stories

Latest stories

Live feed

މެދުއިރުމަތީގެ ހަމަނުޖެހުން: ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ މަޝްރަހު ވަނީ ހޫނުވެފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ …

އީރާނުން ގަލްފުގެ ގައުމުތަކަށް ކެނޑިނޭޅި ހަމަލާދެނީ

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހަރާކޮށްލުމުން އެކަމުގެ ބަދަލު ހިފުމަށް ދެމުން ގެންދާ ހަމަލާތަކުގައި މިއަދު ވެސް ގަލްފުގެ އެކި ގައުމުތަކުގެ ސިޓީތަކަށް ހަމަލާތައް ދީފި އެވެ.

ވެލާނާ އެއާޕޯޓުގެ 23 ފްލައިޓެއް މިއަދު ކެންސަލް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން 23 ފްލައިޓެއް މިއަދު ކެންސަލް ކޮށްފި އެވެ.

ގުޅިގެން ކުރާ މަސައްކަތުން މިހާލަތުން އަރައިގަނެވޭނެ: މަޓާޓޯ

މިހާރު ކުރިމަތިވެފައިވާ ހާލަތުގެން އަރައިގަތުމާއި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިއްސާދާރުންނާއެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް މަޓާޓޯއިން ބުނެފިއެވެ. މެދުއިރުމަތީގެ މަސްރަހު ހޫނުވެ ފްލައިޓް އޮޕަރޭޝަންތަކަށް ބުރުއެރުމާއި ގުޅިގެން ނެރުނު ބަޔާނުގައި މަޓާޓޯއިން ވަ…

"މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ދަނީ ބަލަމުން"

ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ޙާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ވުޒާރާއިން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ޤ…

ދިރާގުން ޔޫ.އޭ.އީއާއި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި

ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފިއެވެ. މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސ…

Loading fresh headlines…