Live 342,358 stories Updated Mar 1, 2026
Browse topics All stories

Latest stories

Live feed

ރައީސް މުއިއްޒު އަތޮޅު ކައުންސިލްތައް އުވާލައްވައިފި، ކައުންސިލަރުންގެ އެލަވަންސް ކަނޑާލައްވައިފި، ދެން ކިހިނެއްތޯ ރަށަކަށް ދާނީ؟: ބޮންޑާ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ކައުންސިލްތައް އުވާލައްވާފައިވާ ކަމަށާއި، ރަށޫ ކައުންސިލަރުންގެ އެލަވަންސްތައް ވެސް ކަނޑާލައްވާފައިވާއިރު ރަށްރަށަށް ވަޑައިގަންނަވާނީ ކިހިނެއްތޯ މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ސުވާލު އުފައްދަވައިފި އެވެ.

އިންތިޚާބު އެއްކުރަން ނޫނެކޭ ކެމްޕެއިން: "ބެނާތަކާއި އެކު އެމްޑީޕީ އިން މި ނުކުތީ ގަދަ ރޫހެއްގައި ކެމްޕެއިން އަށް"

އިންތިޚާބު އެއްކުރުމަށް ނޫނެކޭ ބުނުމަށް ގޮވާލައި އެމްޑީޕީ އިން ބެނާތަކާއި އެކު ނުކުތީ ފޯރިއާއި އެކުގައި ގަދަ ރޫހެއްގައި ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަންނަތަން ބަލަން އެމްޑީޕީ އިން ނުތިބޭނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދު…

އީރާން ހަނގުރާމަ: ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ރައީސް މުއިއްޒުގެ ފޮރިން މިނިސްޓަރު އިސްކޮށް ހުންނަވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއެއް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ވަޒީރުންގެ ޚާއްސަ ކޮމިޓީ އެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.

ޚާމަނާއީ އަވަހާރަކޮށްލެވިއްޖެކަމަށް އެމެރިކާ އާއި އިސްރާއީލުން ބުނިނަމަވެސް އިރާނު މީޑިޔާއިން އެކަން ދޮގުކުރޭ

އިރާނަށް މިއަދު ދިން ހަމަލާތަކުގައި އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލެވިފައިވާކަމަށް އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާއިރު އިރާނުގެ މީޑިޔާތަކުން އެވާހަކަތައް ދޮގުކޮށްފިއެވެ.

އީރާނުގެ ލީޑަރު އަވާހާރަކޮށްލާފައިވާކަމަށް އިސްރާއީލުން ބުނެފި

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. ޔަހޫދީން ބުނެފައިވަނީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅ…

އަސާސީ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރާނެ: ސަރުކާރު

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންނަށް ކާބޯތަކެއްޗާއި، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރު ކުރުމަށް ސަރަކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އ…

ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ދަނެގަނެ މިދަނީ ތައްޔާރުވަމުން: ފިނޭންސް މިނިސްޓްރީ

މެދުއިރުމަތީގައި ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ ދަތިތައް ދަނެގަނެ އެ ކަންކަމަށް ތައްޔާރުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ބުނެފި އެވެ.

Loading fresh headlines…