Live 342,700 stories Updated Feb 18, 2026
Browse topics All stories

Latest stories

Live feed

އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން: އިޒްރޭލުގެ ފިނޭންސް މިނިސްޓަރު

އަމާޒަކީ ޣައްޒާ އާއި ހުޅަނގު އައްސޭރިން ފަލަސްތީނު މީހުން ހުސްކުރުން ކަމަށާއި އެ ބިންތަކުން މީހުން ނުކުމެ ހިޖުރަކުރަން މަޖުބޫރުވާނެ ސިޔާސަތުތައް ހިންގަން ބާރު އަޅަމުން ގެންދާނެ ކަމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އިއްޔެ ބުނެފި އެވެ.

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވުމުން ބ.އަތޮޅު ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ދުވަހެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ …

އައްޑޫ "ސްކޫޕު" އަކީ ގޭންގެއް ކަމަށް ކަނޑައެޅުމުގެ މައްސަލަ އާދިއްތަ ދުވަހު

އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ އަންނަ އާދިއްތަ ދުވަހު ފަށަން ތާވަލްކޮށް…

ރަމަޟާން މަހު އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާނަމަ

ރަމަޟާން މަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭނީ 48 ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ކަމަށް އެކުންފުނިން ބުނެފި އެވެ.

ޑޮމެސްޓިކް އައު ޓާމިނަލާއެކު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ނައިބު ރައީސް

ޑޮމެސްޓިކް އޮޕަރޭޝަންތައް ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުވެގެން ދިޔުމަކީ ދިވެހި ރައްޔިތުންނަށާއި އިގްތިސާދަށް ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަގީފް ވިދާޅުވެއްޖެއެވެ.

ތަރުބަވީ ޕްރޮގްރާމް: އެންމެންގެ ލޯބި ލިބޭ ދަރިންތަކެއް އުފެއްދުމަށް އިތުރުވި ބޮޅެއް

އަޚްލާޤް ރަނގަޅު ޢިލްމީ ޤާބިލު ދަރީންތަކެއް އުފެއްދުމަކީ އަންނަން އޮތް އަހަރުތަކަށް ޤައުމުގެ ތަރައްޤީއަށާއި ޤައުމު ހިންގުމުގައި އިސްކޮށް ތިބޭނެ ދަރިންތަކެއް އުފެއްދުމަށް ކުރަން ޖެހޭ މުހިއްމު މަސައްކަތެވެ. އަޚުލާޤު ރަނގަޅު ދަރިންތަކެއް އުފައްދޭނެ އެންމެ މުހިއްމު އެއްތަނަނީ މަދަރުސާތަކެވެ. މަދަރުސާތ…

އެމްއެންއައިއެސް 37 ފުޓްސަލް ރެފްރީން ތަމްރީނުކޮށްފި

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް)އިން ކުރިއަށް ގެންދިޔަ ބޭސިކް ފުޓްސަލް ރެފްރީސް ކޯސް 37 ބައިވެރިއަކު ކާމިޔާބުކަމާއިއެކު ފުރިހަމަކޮށްފިއެވެ. މި ކޯހަކީ އެފްއޭއެމް ގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ކުރިއަ…

Loading fresh headlines…