Live 342,700 stories Updated Feb 18, 2026
Browse topics All stories

Latest stories

Live feed

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި ތިޔާގި

ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި ފެންނަނީ ވަރަށް ތިޔާގިކޮށެވެ. އާންމުކޮށް ކެއުމަށް ބޭނުންކުރާ ހުރިހައި ބާވަތްތަކެއްގެ ބޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް ބާޒާރުގައި ލިބެން އެބަހުއްޓެވެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި މިރުހުގެ އަގަށް ބަލާލާއިރު 100ގްރާމް މިރުސް ލިބެންހުރީ 45 ރުފި…

މާލޭގައި "ދަނޑުވެރިންގެ ބާޒާރު" ހުޅުވައިފި

ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް "ދަނޑުވެރިންގެ ބާޒާރު" ހުޅުވައިފައިއެވެ. މިތަން ހުޅުވާފައިވަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ. މި މާރުކޭޓަކީ ރަމަޟާން މަހާއި ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލެ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކ…

އުއްމީދަކީ އަންނަ އަހަރު އިތުރު ކުލަބުތައް ބައިވެރިވުން: އާމިރު

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކުލަބުތަކުގެ އަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް އުންމީދުކުރާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ، ކޮމްޕެޓިޝަންސް ޑައިރެކްޓަރ މުޙައްމަދު އާމިރު ވިދާޅުވެއްޖެއެވެ. ފެބުރުވަރީ 12 އިން 14 އަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކްގައި 13 ވަނ…

ވަޞީލަތް ނެތި ޝޫޓިންގައި ކުރަމުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް: ޠަލާލް

މާ ގިނަ ވަޞީލަތްތަކެއް ނެތިވެސް ރާއްޖޭގައި ޝޫޓިން ކުރިއަރުވަން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުން ބޮޑު ކާމިޔާބީއެއް ހޯދައިގެން ރާއ…

މައިލޯ ރަމަޟާން ކުރިކެޓް ކާނިވާ ފަށާނީ ކަރުދާސް ކޭކޭ އަދި ޑީއެސްސީގެ މެޗުން

މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މައިލޯ ރަމަޟާން ކުރިކެޓް ކާނިވާ ފެށުމުގެ ގޮތުން ބައްދަލުކުރާ ދެ ޓީމަކަށް ކޭކާއި ޑީއެސްސީ ހަމަޖެހިއްޖެއެވެ. ޖުމްލަ ތިން މުބާރާތެއް ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓް ކާނިވާ ފަށާނީ ހަމައެކަނި ދިވެހިންނަށް ވާދަކުރެވޭގޮތަށް ކުރިއަށްގެންދާ އޯޕަން މުބާރާތ…

ފުނަދޫ ޓެކްނިކަލް ވޮކޭޝަަނަލް ސެންޓަރުގެ ބިންގާ އަޅައިފި

ސަރުކާރުން ށ.ފުނަދޫގައި ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިސެންޓަރުގެ އިތުރުން ފުނަދޫގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ މަސައްކަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މަތީ ތައުލީމާއި މަސައްކ…

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ މިއީ މިދިޔަ ޑިސެންބަރުމަހުގެ 31 އިން މިމަހުގެ 15 އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހަށްޓައިފައިވާ…

ފުރުސަތު ނުލިބުން ގާތީ އާނޮލްޑާއި މެގުއާ އަދި ގޯޑަން އަށް

ޓްރެންޓް އެލެގްޒެންޑާ އާނޮލްޑާއި ހެރީ މެގުއާ އަދި އެންތަނީ ގޯޑަން އަށް ވޯލްޑް ކަޕަށްދާ އިނގިރޭސި ގައުމީ ޓީމުން ޖާގަ ނުލިބުން ގާތް ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނަން ފަށައިފި އެވެ. ކޯޗު ތޯމަސް ޓުޗެލް މިހާތަނަށް ފާހަގަކޮށްފައިވާ ކުޅުންތެރިންނަށް ބަލާއިރު މި ތިން ކުޅުންތެރިންނަކީ ވެސް އަދި ޓީމުން…

އިމްރާންގެ ލޮލުގެ ފެނުން ގެއްލިއްޖެ! ފަރުވާ އަށް އެދުނީ ދުނިޔޭގެ ކެޕްޓަނުން

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް އެކަށީގެންވާ ސިއްހީ ފަރުދާ ލަސްނުކޮށް ފޯރުކޮށްދިނުމަށް އެ ގައުމާއި ދުނިޔޭގެ ކްރިކެޓް ކެޕްޓަނުންގެ ކުލަބުން ގޮވާލައިފި އެވެ. މި ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ 15 ކެޕްޓަނަކު ވަނީ މިކަމަށް ޕާކިސްތާން …

ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް ކެމްޕެއިން ކުރަން ފަސްޓް ލޭޑީ އެދިވަޑައިގެންފި

އެކަކު އަނެކަކަށް ބަދުބަސް ނުބުނެ، ފުރައްސާރަ ނުކޮށް މި ފެށި ރޯދަމަހާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ އެދިވަޑައިގެންފި އެވެ.

މޮރީނިއޯ ދެއްކި ވާހަކަތަކުން އޭނާ ހޫނު ފެނަށް!

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ ގާތުގައި ދެއްކި ވާހަކަތަކުން އިތުރަށް މައްސަލަ ހޫނުވެއްޖެ އެވެ. ބްރެޒިލްގެ ފޯވަޑް ޖެހި ހަމައެކަނި ލަނޑުން ރެއާލް މޮޅުވި މެޗު 10 މިނިޓަށް ހުއްޓާލަން ޖެހުނީ ބެންފީކާގެ ސަޕޯޓަރުން ވިނީޝިއުސް އަށް ނަސ…

Loading fresh headlines…