Live 343,434 stories Updated Jan 23, 2026
Browse topics All stories

Latest stories

Live feed

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

ލޯކަލް ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓުން ފޯމު ހުށަހަޅާ "މައި ޕޯޓަލް" އަށް ސަރުކާރުގެ ޕާޓީ، ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކަން ދޮގުކޮށް އެ ޕާޓީ އަށް ރައްދު ދީފި އެވެ.

ކެންޑިޑޭޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމުތަކަށް ޖަވާބު ދިނުން ލަހެއް ނުކުރަން: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓަކަށް ވުމަށް ފޯމު ހުށަހަޅާ މީހުންނަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އަވަހަށް ޖަވާބު ދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.

ޔޫކްރެއިން ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އަދިވެސް ދެބަސްވުން

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ސަރުކާރުގެ މަންދޫބުންނާއި ރަޝިޔާގެ ރައީސް ވްލެޑިމީރް ޕޫޓިން އާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނުނަމަވެސް، ދާޢިމީކޮށް ސުލްޙަ ޤާއިމުކުރެވޭނީ ސަރަޙައްދު ވަކިކުރުމާމެދު މިހާރ…

ފުރަތަމަ އިމްތިހާނުގެ ކުރިން ޕީއެންސީ ކެންޑިޑޭޓު މުސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރުމުގެ ކުރިން ފުރަތަމަ އިމްތިހާނުން ޕީއެންސީ ގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު ފެއިލް ވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ތަރައްގީ އަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށާއި، މިއީ ގައުމެއްގެ ހަޔާތުން ބޭކާރުވި ދެއަހަރާ ބައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

"ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަނޭ"

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ "ޝައުބާން މަހު ކުރެވޭ ހެޔޮ ޢަމަލު" އެވެ. ހުކުރު ޙުތުބާގައި ވިދާޅުވީ ފާއިތުވަމުން މިދާ ޝަޢުބާން މަހަކީ، ކަޢުބަތުﷲ ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސް…

ބޯހިޔާވަހިކަން އެންމެނަށް: މުހިންމީ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަަމަކުރުން

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް ފޯމު ހުށަހެޅުމުގެ ބަދަލުގައި، ހުރިހާ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަމަ ކުރުމަށްފަހު ފޯޯމު ހުށަހެޅުން މުހިންމު ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެ…

މާލޭގައި ފުޅާ ދާއިރާ އެއް ގައި ބަނގުރާ ވިޔަފާރި ކުރާކަމުގެ ތުހުމަތު ގައި ބަންގްލަދޭޝްގެ ހަތަރު މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލަނީ!

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ހަތަރު މީހުން ހައްޔަރުކޮށް ޑީޕޯޓު ކޮށްލުމަށް އިމިގްރޭޝަންއާ ހަވާލު ކޮށްފި އެވެ.

Loading fresh headlines…