ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވައިފި
ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފިއެވެ.