Live 343,618 stories Updated Jan 19, 2026
Browse topics All stories

Latest stories

Live feed

ގޯލްޑަން ފުޓްސަލް: އއ. ގެ ފައިނަލުގެ ފުރަތަމަ ޖާގަ މަތިވެރިއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅުގެ ފައިނަލުގެ ފުރަތަމަ ޖާގަ މަތިވެރިން ހޯދައިފިއެވެ. ފަސް ޓީމު ހިމެނޭ މުބާރާތުގެ އއ. އަތޮޅުގެ ގުރޫޕުގައި ހަތަރު މެޗު ކުޅެފައިވާ ހަމައެކަނި ޓީމަކީ މަތިވެރިއެވެ. ބާކީ ހަތަރު ޓީމުން އަދި ކުޅުނީ ތިން މެޗެވެ. މަތިވެރިން މުބާރާތުގެ އަތޮޅު ފައިނަލް ޔަގީންކޮށްފ…

ލަންކާ ބަލިކޮށް ޕާކިސްތާން، ރާއްޖެ ފަހަތުގައި ވިއްދާފައި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މެޗްޑޭ 3 ގައި، ޕާކިސްތާނުން ލަންކާ އަތުން ހޯދި މޮޅާއެކު، ޕޮއިންޓު ތާވަލުގައި ރާއްޖެއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ. ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޕާކިސްތާން މޮޅުވީ 2-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕާކިސް…

ވޯޓާސް ލިސްޓަށް 779 ޝަކުވާ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް މުއްދަތު ހަމަވިއިރު 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ކައުންސިލް އިންތިޚާބުގެ ވޯޓާސް ލިސްޓަށް 799 ޝަކުވާ

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 3:00 ޖެހުމާހަމަ…

ބޭސް ގަންނަ ފާމަސީތަކަކީ އެމްއެފްޑީއޭ ގެ ހުއްދަ އޮތް ތަންތަން ތޯ ޔަގީންކުރަން އެދިއްޖެ

ފާމަސީތަކުން ބޭސް ގަންނަ އިރު އެތަންތަނަކީ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން އެ އޮތޯރިޓީ އިން އިލްތިމާސް ކޮށްފި އެވެ.

ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖެއްސި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ، ޓީމާ ހަވާލުވުމަށް ރާއްޖެ އައިސްފިއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރު ފަހުއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ އުރުބާނީ ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވާ ތިންވަނަ …

ވިލާތުގެ 8 ޤައުމަކަށް ޑިއުޓީ ބޮޑުކުރާނެކަމުގެ އިންޒާރު

ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް، ގަންނަން އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓުވަން، ވިލާތުގެ އިއްތިޙާދުގެ އަށް ޤައުމަކަށް ޑިއުޓީ ބޮޑުކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވީ ޑެންމާކު، ނޯވޭ، ސްވިޑަން، …

އެކްސަސައިޒް ދޯސްތީ: ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

އެކްސަސައިޒު ދޯސްތީގެ ދަށުން ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، ސްރީލަންކާއާއި އިންޑިއާ އަދި ރާއްޖޭގެ ސިފައިން ގުޅިގެންނެވެ. އެކްސަސައިޒު ދޯސްތީއަކީ އިންޑިއާ، ދިވެހިރާއްޖޭ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކޮންމެ 2 އަހަރުން އެއް…

Loading fresh headlines…