Live 359,357 stories Updated Oct 21, 2026
Browse topics All stories

Latest stories

Live feed

ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ވިއްސާރަ، ރައްކާތެރިވާން އިރުޝާދު ދީފި

ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކުން މިރޭ އިރުޝާދު ދީފި އެވެ.

ޛިހާންގެ ބަންދަށް 15 ދުވަސް

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދަޑިމަގު، އަނޯނާގެ، ހަސަން ޛިހާން ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި އޭނާ ކޯޓު އަމުރެއްގެ ދަ…

މަޖިލީހުގެ ރައީސާއި މިނިސްޓަރުން އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ލިބޭނެ މަގުފަހިކުރަން: ފަސްޓް ލޭޑީ

ހަރުދަނާ ސިއްހީ ނިޒާމެއްގެ ވެސް މައިގަނޑު އަސާސަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާ މެދު އާންމުންގެ މެދުގައި އޮންނަ ޔަގީންކަމާއި، ކުރާ އިތުބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އީގަލްސްއާއި އޮޑީގެ ކުރިމަތިލުން އެއްވަރު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ދެޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، އެޓޭކުތަކެއް ކުރީ އޮޑިންނެވެ. އެޓީމުން ވަނީ މުޅި މެޗުގައި 11 ހަމަލާއެއް އުފައްދާ…

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމަވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Loading fresh headlines…