Live 338,033 stories Updated Jun 3, 2026
Browse topics All stories

Latest stories

Live feed

އިންޑިއާ އަންހެނަކު ފާހާނާއެއްގައި ބަންދުކޮށްގެން 10 މަސް ވަންދެން ގެންގުޅެފި، ކާންދިނީ ރޯ ހަނޑުލާއި ފިޔާ

އިންޑިއާގެ ދެހްރާދޫންގައި، ފިރިމީހާގެ އާއިލާއާ އެކު އުޅުނު އަންހެނަކު ފާހާނާއަކާއި ކޮޓަރިއެއްގައި 10 މަސް ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅެ ރަހުމުކުޑަ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

މ. ވޭވަށު ކައުންސިލްގެ އާންމު މެންބަރުކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައި ވަނިކޮށް، ހައިކޯޓުގެ ހުކުމަކުން އެ ނަތީޖާ ބާތިލުކޮށް ޕީއެންސީގެ ކެންޑިޑޭޓަށް ގޮނޑި ދޭން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފި އެވެ.

އެއާބަސް އިން، ހުއްޓުމެއް ނެތި 22 ގަޑިއިރު ދަތުރުކުރެވޭ މަތިންދާބޯޓެއް ޓެސްޓުކޮށްފި

މެދުކެނޑުމެއްނެތި 22 ގަޑިއިރަށްވުރެ ގިނައިރު އުދުހުމުގެ ގާބިލުކަން ލިބިގެންވާ، އެއާބަސް ކުންފުނީގެ "A350-1000ULR" މަރުކާގެ ވައިޑް ބޮޑީ ބޯޓު ފުރަތަމަ ފަހަރަށް ކުރި ޓެސްޓު ދަތުރު ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން އަންގާރަ ދުވަހު ބުނެފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ބަންގްލާދޭޝްގެ ފޮރިން މިނިސްޓަރު އިންތިހާބުކޮށްފި

އާންމު އުސޫލާ ހިލާފަށް، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބަކަށްފަހު، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ރައީސްކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޚަލީލުއްރަހްމާން އަންގާރަ ދުވަހު އިންތިޚާބުވެވަޑައިގެންފިއެވެ.

ކޮވިޑްގެ ހާލަތަށް ވުރެ ފަތުރުވެރިކަން ގޯސް، ހާލަތަށް ރިއާޔަތްކޮށް ފިޔަވަޅެއް ނާޅާ: ދީދި

ކޮވިޑުގެ ހާލަތުގައި އޮތް މިންވަރަށް ވުރެ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ގޯސް ކަމަށާއި ހާލަތަށް ރިއާޔަތްކޮށް އެކަމާ މެދު ފިޔަވަޅެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސަރަހައްދުގެ ބައެއް ގައުމުތަކަށް އީރާނުން ރައްދު ހަމަލާތަކެއް

އީރާންގެ ބަނދަރަކަށް ދަތުރުކުރި ބޯޓަކަށް އެމެރިކާއިން ހަމަލާދީފައި ވަނިކޮށް އީރާނުން ކުވައިތާއި ބަހުރެއިންގެ ބައެއް މަގާމުތަކަށް އަމާޒުކޮށް ރައްދުގައި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

ބޮޑު ގެެއްލުމަކާއެކު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލައިފި އެވެ.

އދގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ރާއްޖެ

އދގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. އދގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި މިމަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވީ، އާންމު މަޖިލީހުގެ އިއްތިފާޤުންނެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، އާންމު މަޖިލީހުގެ އިޤްތިސާދީ އަދ…

އީރާނާ އެކު ހުއްޓުމެއް ނެތި މަޝްވަރާތައް ދަނީ ކުރިއަށް: ޓްރަމްޕް

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އީރާނުން އެމެރިކާއާ ވާހަކަ ދެއްކުން ހުއްޓާލައި ސުލްހައިގެ މަޝްވާރާތައް މެދު ކަނޑާލާފައިވާ ކަމަށް ބުނާ ޚަބަރުތަކަކީ ދޮގު ކަމަށާއި އެމެރިކާ އާއި އީރާނާ ދެމެދު "މެދުކެނޑުމެއްނެތި" ވާހަކަދެކެވެމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދ…

ދެކުނު ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވާލައިފި

ޔަހޫދީ ސިފައިން ދެކުނު ލުބުނާނުން ފޭބުމަށް އދގެ ސަލާމަތީ މަޖިލީހުގެ ގިނަ މެންބަރު ޤައުމުތަކަކުން ގޮވާލައިފިއެވެ. އެ ޤައުމުތަކުން މިހެން ގޮވާލާފައި ވަނީ ޖޫން މަހުގެ 1ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާަފައި ވަނީ ޔަހޫދީ ސިފައި…

Loading fresh headlines…