ޣައްޒާގެ ރައްޔިތުން ބޭސްފަރުވާކުރަން މިޞްރަށް ދެވޭ ގޮތަށް ރަފަޙް ހުރަސް ހުޅުވާލަނީ
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ދެ މިލިޔަނެއްހާ މީހުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ ބޭސްފަރުވާ ހޯދުމަށް މިޞްރަށް ދެވޭ ގޮތަށް ރަފަޙް ހުރަސް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ޔަހޫދީންގެ ނިރުބަވެރު އަސްކަރިއްޔާއިން ބުނެފިއެވެ. ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ހުރަސް އޮންނަނީ ރަފަޙުގައ…