އދ.ގައި އީރާންގެ ރައީސް ވިދާޅުވީ އެމެރިކާގެ ބިރަށް ކުޑަކަކޫ ނުޖަހާނެ ކަމަށް
މިހާރު ހިނގަމުންދާ ހަނގުރާމަ ފެށީ އީރާނުން ނޫން ކަމަށާއި، ބޭރުގެ އެއްވެސް ނުފޫޒަކަށް ނުވަތަ ބިރުދެއްކުމަކަށް އެ ގައުމުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.