Live 359,513 stories Updated Sep 22, 2026
Browse topics All stories

Latest stories

Live feed

ނަން އެއްގޮތްވާތީ މެލޭޝިއާ ކުންފުންޏަކުން ދިވެހި ކުންފުންޏެއްގެ ނަން ބަދަލުކުރަން ކުރި ދައުވާ ނާކާމިޔާބު

ރާއްޖޭގެ ކުންފުންޏަކަށް ދީފައިވާ ވިޔަފާރީގެ ނަން މެލޭޝިއާ ކުންފުންޏެއްގެ ވިޔަފާރި ނަމަކާ އެއްގޮތްވާތީ މެލޭޝިއާގެ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ.

ތާރީޚާއި ތަރިކައިގެ ދާއިރާއިން ތަޢުލީމީ ފުރުޞަތު ހޯދުމަށް މަޝްވަރާކޮށްފި

ސަޤާފަތާއި ތަރިކައިގެ ދާއިރާއިން މިހުން ބިނާކުރުމާ ގުޅޭގޮތުން ޗައިނާގެ ޝަންގްހައި ޔުނިވަރސިޓީއާއެކު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދެވީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޝަންގްހައި ޔުނިވަރސިޓީއަށް ވ…

އެމްޑީޕީ ކޮންގްރެސް: މިހާރު ވެސް 986 ކޮންގްރެސްމަނުން އެބަތިބިކަމަށް ޝިފާޒް ވިދާޅުވެއްޖެ

އެމްޑީޕީ ކޮންގްރެސްގައި ފުލް ކޮންގްރެސްމަނުން ބައިވެރިވާނެ ކަމަށާއި، މިހާރު ވެސް ކޮންގްރެސްމަނުންގެ ގޮތުގައި 986 ބޭފުޅުން އެބަތިއްބެވި ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް ހުރިހާ އެންމެންވެސް ޢަމަލުކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކުރައްވައިފިއެވެ. ދިވެހިބަހުގެ އެކެޑަމީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ބަޔާންކޮށް…

ހައްގުތައް ނުދީ ޑީޕޯޓްކޮށްލި ބިދޭސީއަކު ދައުވާކުރުމުން ފިޔަވަޅުތައް އުވާލައިފި

ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ކަމަށް ތުހުމަތުކޮށް ޑީޕޯޓްކޮށްލުމުގައި އިމިގްރޭޝަނުން ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށް ބުނެ ބިދޭސީއަކު ކޯޓުގައި ދައުވާ ކުރުމުން އޭނާގެ މައްޗަށް އެޅި ފިޔަވަޅުތައް އިމިގްރޭޝަނުން އުވާލައިފި އެވެ.

އޭއައި ބެލެހެއްޓުމަށް ބައިނަލްއަޤުވާމީ އިދާރާއެއް އުފައްދަން ގޮވާލައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންސާނުންގެ ބާރުގެ ދަށުގައި ބޭއްވުމަށާއި، އޭގެ ނުރައްކާތައް ކުޑަކުރުމަށް ބައިނަލްއަޤުވާމީ ބަލަދުވެރި އިދާރާއެއް އުފެއްދުމަށް 20 ޤައުމަކާއި ވިލާތުގެ އިއްތިޙާދުން (އީޔޫ) ގުޅިގެން ގޮވާލައިފިއެވެ. އދގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ދުނިޔޭގެ ލީޑަރުން އޭއައި…

Loading fresh headlines…