އީގަލް ހިލްސް މަޝްރޫއު ނިމޭއިރު އޮންނާނީ ކުރިއަރާފައިވާ އިންޓަގްރޭޓެޑް ސިޓީއެއް: ޒަރީރު
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއު ނިމޭއިރު، އޮންނާނީ ހުރިހާ ހިދުމަތެއް ލިބޭ އިންޓަގްރޭޓެޑް ސިޓީއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެ އެވެ.