Live 359,517 stories Updated Sep 22, 2026
Browse topics All stories

Latest stories

Live feed

އިބޫ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލަށް ތާއީދުކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވާ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައި، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ވީޑިއޯ އިން ފެންނަނީ ވެރިފަރާތުން ހަވާލުނުވުމުން ނައްތާލަން ގެންދާ ވެހިކަލްތަކެއް: ޕޮލިސް

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަނީ ޓޯކޮށް، ވެރިފަރާތަށް ދިން މުއްދަތުގައި ހަވާލުނުވުމުން ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް ކުނީގެ ގޮތުގައި ތިލަފުއްޓަށް ނައްތާލަން ގެންދާ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވުމެއް

ކެންޔާއާއެކު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ނިއުޔޯކުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއް…

ރައިސް އާއި ޕާމާ ހިމެނޭހެން 5 ކުޅުންތެރިން ސްކޮޑުން ވަކިކޮށްފި

ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުން ޑެކްލަން ރައިސް އާއި ކޯލް ޕާމާ ވަކިވެއްޖެއެވެ. ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ސްކޮޑުން ފުރުސަތު ގެއްލުނު ޗެލްސީގެ މިޑްފީލްޑަރ ކޯލް ޕާމާ އަށް މި ފަހަރުގެ ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާ…

Loading fresh headlines…