Live 359,519 stories Updated Sep 22, 2026
Browse topics All stories

Latest stories

Live feed

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރި އަމީނީ މަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، ބޮޑެތި އަޑިގުޑަންތައް ހެދިފައިވާތީ އެ މަގު އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފަހުން އެޅި ތާރުގަނޑު ވެސް އަނެއްކާ ނަގަން ފަށައިފި އެވެ.

ޓެސްޓު ނުހަދައި ފައިސާ ދީގެން ލައިސަންސް ދޫކުރި މައްސަލަތަކެއް ފަޅާއަރައި، ގައްދޫން ލައިސަންސް ދޫކުރުން މެދުކަނޑާލައިފި

ޓެސްޓު ނުހަދައި، ގދ. ގައްދޫގައި ގިނަ ބަޔަކަށް ލައިސަންސް ދޫކުރި މައްސަލަތަކެއް ފަޅާއަރައި، އެ ރަށުން ލައިސަންސް ދޫކުރުމުގެ ހިދުމަތް މިއަދު މެދުކަނޑާލައިފި އެވެ.

ހައިޝަމް އަށް ކެޔޮދޫން ހޫނު މަރުހަބާއެއް

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދި ވ. ކެޔޮދޫ ހައިޝަމް އިބްރާހީމް އަލީ އަށް ކެޔޮދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ކެޔޮދޫއަށް އުފަން ހައިޝަމް ގައުމީ މުބާރާތުގެ ތަށްޓާއެކު އެ ރަށަށް ދިޔައީ ހޯމަ ދުވަހުގެ ހަވީރުއެވެ. ރަށުގެ ކުޑަ ބޮޑު އެންމެން ކަހަލަ ގޮތަކަށް ބަނ…

ޤައުމުތަކަށް ހަމަހަމަ ފުރުސަތު ހޯދައިދޭން ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ: ރައީސް

އެކުވެރި ދައުލަތްތަކުގެ ޖަމުޢިއްޔާ (އދ.) އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި އެ ޖަމުޢިއްޔާގެ ތެރޭގައި އެންމެހާ ޤައުމުތަކަށް ހަމަހަމަ ތަމްސީލުވުން ލިބިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދެ ބޯޓު ބްރިޖުގައި ޖެހުނު މައްސަލައިގައި ކަސްޓަމަސް އިން ގާނޫނާ ޚިލާފުވިތޯ އެންއައިސީން ބަލަނީ

އަޅާފައި އޮތް ނަގިލި ކަހާލައިގެން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ތެޔޮ އުފުލާ ދެ ބޯޓު ޖެހުނު ހާދިސާގެ ޚަބަރުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޤާނޫނާއި ގަވާއިދާ އަމަލުކުރަންޖެހޭ އުސޫލުތަކާއި ޚިލާފު އަމަލެއް ހިންގާފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ)ން ނިންމައ…

20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް: މުއްތަލިބު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ސޮއިކުރި 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގިނަ ދިރާސާތަކަކާއި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެއް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ …

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އދ: އިރުތިޝާމް

ސެޕްޓެމްބަރު 21، 1965 ގައި ރާއްޖެއިން އދ.ގެ މެންބަރުކަން ހޯދި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމަށާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އދ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

Loading fresh headlines…