Live 351,919 stories Updated Jul 22, 2026
Browse topics All stories

Latest stories

Live feed

ޓްރަމްޕު ބޭނުންވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންފަންޓީނޯ ހަމަޖައްސަން

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ދުނިޔޭގެ ފުޓްބޯޅަ އިދާރާ، ފީފާ ގެ ރައީސް ޖިއާނީ އިންފަންޓީނޯ ނޮމިނޭޓްކުރުމާ މެދު ވިސްނަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

އަމީން މިއާ ނިޔާވުން: ޑްރައިވަރުގެ އިހުމާލެއް ނެތުމުން ދައުވާ ނުކުރި

ތިލަފުށީގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު އަމީން މިއާ ނިޔާވުމާ ގުޅިގެން ހައްޔަރުކުރި، އެކްސްކެވޭޓަރު އޮޕަރޭޓްކުރި ސްރީ ލަންކާގެ މީހާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ނިމިގެންދިޔައީ އެންމެ ކާމިޔާބު ވޯލްޑް ކަޕް: ޓްރަމްޕް

އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން ގުޅިގެން ބޭއްވި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، އެމުބާރާތަށް ތައުރީފު ކުރައްވައިފިއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ލުބްނާންގ…

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު ހުޅުވާލައިފި އެވެ.

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފައިނުވާތީ ރާއްޖޭގައި ހަރަކާތްތެރިވާ ތިން ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.

ކޮސޯވޯގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ނެމީބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރ، ރައީސްއަށް ފަތްކޮޅު އަރުވައިފި

ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ އެލެކްސް އެލް. ޓުކުހުޕްވެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައ…

Loading fresh headlines…