Live 359,258 stories Updated Nov 1, 2026
Browse topics All stories

Latest stories

Live feed

އެސްއެމްއީތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ …

ބްރޯޑްކާސްޓުކުރުމުގައި ދޭންވާނީ އެންމެން ޝާމިލްވާ އެންމެންނާ ހަމައަށް ފޯރާ ޚިދުމަތެއް: ނަމްޒާ

ބްރޯޑްކާސްޓު ކުރުމަކީ ހަމައެކަނި ޓީވީއާއި ރޭޑިއޯއާއި ޑިޖިޓަލް މަންސަތަކުގެ ޒަރީއާއިން ދޭ ޚިދުމަތަކަށް ވެގެން ނުވާނެ ކަމަށާއި، ބްރޯޑްކާސްޓު ކުރާ ޕްރޮގުރާމްތަކާއި ޚަބަރުތައް ކޮންމެ ފަރުދަކަށް ވެސް ބަލައި އަޑުއަހައި ބައިވެރިވެ ފަހުމްވުމުގެ ފުރުޞަތު ލިބެންޖެހޭ ކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ…

ސްކޭމް ކޮށްގެން ފައިސާ ފޭރުނު 4 ދިވެހިން ހައްޔަރުކޮށްފި

ސްކޭމް ކޮށްގެން މީހެއްގެ އެކައުންޓުން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، ހުސްވި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ކާކުކަން ނޭނގޭ ފަރާތަކުން، މީހަކަށް ގުޅައިގެން އޯޓީޕީ ކޯޑު ހޯދައި، އެ ކޯޑު ބޭނުން ކޮށްގެން ބެންކު އެކްސެސް ހޯދައި، މީހެއްގެ އެކައުންޓ…

ފިންގަރ ޖެޓީ: ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، ހަދާ 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ހާމަކުރައްވައިފިއެވެ. ބަނދަރުގައި ފިންގަރ ޖެޓީ ހަދަން ފެށީީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅެވެ. އެމްޓީސީސީ…

އުމްރާއަށް ފުރުން ލަސްވި 224 މީހުން މިއަދު ފުރައިފި

ރާއްޖެ އިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރަން ތައްޔާރުވެގެން ތިއްބައި ސަލާމަތީ ސަބަބުތަކަށްޓަަކައި ފުރުން ލަސްކުރި ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން މިއަދު ފުރައިފި އެވެ.

ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ހާއްސަ ކޮމިޝަނެއް

ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ. މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައެވެ. ރައީސުލްޖުމްހޫރ…

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ވަކީލަކު އައްޔަނުކުރުމަށް މޭޔަރު ސައުދުއަށް ފުރުސަތު ދީފި

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

Loading fresh headlines…