Live 359,258 stories Updated Nov 1, 2026
Browse topics All stories

Latest stories

Live feed

ރާއްޖޭގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި މޫދު އަޑީގައި ހިންގި ހަމަނުޖެހުން އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ގޮވާލައިފި

ރާއްޖޭގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި މޫދު އަޑީގައި ހިންގި ހަމަނުޖެހުމެއް އިންސާފުވެރިކަމާ އެކު ތަހުގީގުކުރަން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ގޮވާލައިފި އެވެ.

25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް، ސްޕެންޑް, ވިން" ޕްރޮމޯޝަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން 25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް، ސްޕެންޑް، ވިން"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަ…

ހިންމަފުށީ ރިހެބުން ފިލި ފައިރިޝް މާލޭގައި ހުއްޓާ ހޯދައި ހައްޔަރުކޮށްފި

އަވަށްޓެރިންނަށް ޖެއްސުންކޮށް ފުރައްސާރަކުރާތީ އާއްމު އުނދަގުލަކަށްވެގެން ހައްޔަރުކުރި އަހުމަދު ފައިރިޝް ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ހުއްޓާ ފިލައިގެން އުޅެނިކޮށް އޭނާ މިއަދު މާލެއިން ހައްޔަރުކޮށްފި އެވެ.

ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ދޫކޮށްލުމަކީ ރާއްޖޭގެ މައިގަނޑު ރުކުންތައް ފުނޑާލުން: ޖަމީލު

ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ މައިގަނޑު ރުކުންތައް ފުނޑާލުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުދި ވިޔަފާރިތަކަށް ޕޯސްޓުގެ ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދޭން ދިރާސާއެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓުގެ ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދިނުމަށް ކުރިއަށްގެންދާ "ޕްރޮސްޕަރ އެމްއެސްއެމްއީ" އިނިޝިއޭޓިވް ރަސްމީކޮށް ފަށައިފިއެވެ. މި އިނިޝިއޭޓިވްގެ މަޤުސަދުތަކުގެ ތެރޭގައި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ…

އެމެރިކާގެ އެހީއާއެކު އީރާނަށް އަލުން ހަމަލާދޭން ޔަހޫދީން ތައްޔާރުވެއްޖެ

އީރާނަށް އަމާޒުކޮށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތައް ދިނުމަށްޓަކައި ވާންޖެހޭ ދިފާއީ އަދި ހަމަލާދިނުމުގެ އެންމެހައި ތައްޔާރީތައް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއިން ފުރިހަމަކޮށްފިއެވެ. ޔަހޫދީންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަލުން ފެށުމާ ގުޅޭ އަސްކަރީ ޕްލޭންތައ…

ޔަހޫދީންގެ ދަތިކުރުންތަކުގެ ސަބަބުން ޣައްޒާގައި ތުއްތު ދެ ކުދިން ޝަހީދުވެއްޖެ

ޔަހޫދީ ދައުލަތުން ޣައްޒާއަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަސާސީ ސާމާނާއި ކައްކާ ގޭސް ލިބުމަށް ދަތިވެފައިވަނިކޮށް، ޣައްޒާގެ ދެކުނުގައި އޮންނަ އަލް މުވާސީ ސަރަހައްދުގެ ރެފިއުޖީ ކޭމްޕެއްގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއެއްގައި ތުއްތު 2 ކުދިން ފިހިގެން ޝަހީދުވެއްޖެއެވ…

ކޮރަޕްޝަނާއި ދެކޮޅަށް ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ތިންވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

Loading fresh headlines…