Live 339,950 stories Updated Apr 15, 2026
Browse topics All stories

Latest stories

Live feed

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް އިތުބާރުގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް އިދިކޮޅު އެމްޑީޕީ އިން ސަރުކާރަށް ގޮވާލާ އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފި އެވެ.

"އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން"

އަމާޒަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، އަޢުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ދިވެހި…

އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސްގެ ނަމަށް ބަދަލުކޮށްފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް ނަމަށް ބަދަލުކުރައްވައިފިއެވެ.

ރޮހިންޖާ އަދި ބަންގްލާދޭޝްގެ ހިޖުރަވެރިންގެ 250 މީހުންނާ އެކު އަންޑަމަން ކަނޑަށް ބޯޓެއް ފެތިއްޖެ

ބަންގްލާދޭޝްގެ ކޮކްސް ބާޒާރުން ފުރައިގެން މެލޭޝިއާއަށް ރޮހިންޖާ އަދި ބަންގްލަދޭޝްގެ ހިޖުރަވެރިންގެ 250 އަށްވުރެ ގިނަ މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއް އަންޑަމަން ކަނޑަށް ފެތިފައިވާ ބަންގްލާދޭޝްގެ ފުލުހުން މިއަދު ބުނެފި އެވެ.

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

ކެބިނެޓްގެ 10 ވަޒީރަކު އަންގާރަ ދުވަހު އިސްތިޢުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ

ރައްޔިތުން ނިކަމެތިކޮށް، ވިޔަފާރިވެރިންގެ މަސައްކަތްތައް ހަލާކުކޮށްލައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ޓްރޭޑް އެސޯސިއޭޝަންގެ ޗެއަރޕާސަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، މިއީ ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތު: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އެހެންކަމުން، މި ދަނޑިވަޅު ގައި ހުރިހާ ޕާޓީ އެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

Loading fresh headlines…