Live 359,627 stories Updated Aug 27, 2026
Browse topics All stories

Latest stories

Live feed

މާލެއަށް ވަކި އޮފީހެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލް މަޖިލީހުން ފާސްކޮށްފި

މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ނަމުގައި އާ ގާނޫނެއް ހަދަން ހުށަހެޅީ ސަރުކާރުގެ ފަރާތުން …

ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު އައްޔަނުކޮށްފި، އޭނާއަކީ މި ސަރުކާރުން އެ މަޤާމަށް އައްޔަނުކުރި 3 ވަނަ އެމްޑީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަބްދުﷲ ޔާސިރު އައްޔަނު ކުރައްވައިފި އެވެ.

އަމީނީމަގު މަރަމާތުކުރުން: ތާރު އެޅުމާ ގުޅޭ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އަމީނީމަގު މަރާމާތުކުރާ ސަރަޙައްދުގެ ސެގްމަންޓް 1ގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 3ވަނަ ދުވަހުއެވެ. ފުރަތަމަ ސެގްމަންޓްގެ ގޮތުގައި މަރާމާތުކުރަނީ ފުޑްކޯޓްތަކުން ފަށައިގެން، ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ …

ޖޭ 30 ވީކް 2: ކަރިން ކުއާޓަރ ފައިނަލަށް

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ ޖޭ 30 ޓެނިސް މުބާރާތުގެ 'ވީކް 2' ފެށިގެން ކުރިޔަށްދާއިރު ރާއްޖޭގެ އައިޝަތު ކަރިން ސައިޒާން ގުރޫޕުގެ އެއްވަނައިގައި އޮވެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. ގުރޫޕުން އެންމެ މަތިން ސްކޯ ހޯދައިގެން ކަރިން ކުއާޓަރގެ ޖާގަ ކަށަވަރުކުރީ ބުދަ ދުވަހުގެ ރޭ ކޮ…

އަހަރެއްހާ ދުވަސްތެރޭ ތިލަމާލޭ ބުރިޖުގެ މަސައްކަތް ނިންމާލެވޭނެ: ރައީސް

ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބިސް ލިބުމުގެ ދަތިކަމެއް ނެތް، އިތުރު ޝިޕްމެންޓްތައްވެސް ދަނީ ގެންނަމުން

ކުކުޅު ބިސް ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކޮންޓްރޯލް ކުރުމާއި ނުލާ ވިއްކަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. ރާއްޖެއިން ބިސް ހުސްވެ ބައެއް ފަހަރަ ކޮންޓްރޯލްކޮށްގެން ބިސް ވިއްކަމުންދާ ކަމަށް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިކަމާއި ގުޅިގެ…

Loading fresh headlines…