Live 129,578 stories Updated Oct 22, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެފްޑީސީގެ ފްލެޓްތަކާ ގުޅޭގޮތުން 6،000 އަށް ވުރެ ގިނަ ޝަކުވާ: އެންމެ ގިނައީ ފެން ލީކުވުމާއި މެއިންޓަނަންސްގެ މައްސަލަ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަ އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކަށް ގެއްލުންވާނެ ކަމެއް: ނަޝީދު

ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސައުދީގައި ހުންނަ އެމެރިކާ އެމްބަސީން މުވައްޒަފުން މަދުކުރަނީ

ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާއަށް މެދުކެނޑުމެއްނެތި ނުރައްކާތެރި ހަމަލާތަކެއް ދެމުންދާތީ، ސައޫދީގައި ހުންނަ އެމެރިކާ އެމްބަސީގައި ކޮންމެހެން ތިބެންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެގައުމުން ފުރައިގެން ދިއުމަށް އެމެރިކާއިން އަންގައިފި އެވެ.

މާލޭގެ 80 އަށް ވުރެ ގިނަ އިމާރާތަށް ފެން ވަދެގެން ރިޕޯޓްކުރި: އެންޑީއެމްއޭ

މާލެއަށް ހުއްޓުމެއް ނެތި ރޭ ވެހުނު ވާރޭގައި ފެންބޮޑުވެ، 80 އަށް ވުރެ ގިނަ އިމާރާތަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ލީޑިން ޑެސްޓިނޭޝަނަށް ހަތް ވަނަ ފަހަރަށް ރާއްޖެ ހެދުމަށް ވޯޓުލުމުގެ ފުރުސަތު މިމަހުގެ 30 އަށް

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) 2026 ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ ލަގަބު ހަތް ވަނަ ފަހަރަށް ކާމިޔާބު ކުރުމުގެ ތާރީހީ ރެކޯޑެއް ގާއިމުކުރަން ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފި އެވެ.

ސައުދީގެ އިތުރު އެއާޕޯޓަކަށް ރޭ ހަމަލާދީފި، ދެ މީހަކު މަރުވި

ސައުދީ އަރަބިއްޔާގެ ދައްމާމުގައި އޮންނަ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދިން ހަމަލާއެއްގައި ދެމީހަކު މަރުވެ، އަށް މީހަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ކާބޯތަކެތީގެ އިންފްލޭޝަން ދަށަށް

ކާބޯތަކެތީގެ އިންފްލޭޝަން މާލެ އާއި އަތޮޅު ތެރޭގައި ވެސް މިދިޔަ ދެތިން މަހު ވަރަށް ބޮޑަށް ދަށްވެ، 5.6 ޕަސެންޓުގައި ހުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

Loading fresh headlines…