Live 13,985 stories Updated Nov 3, 2026
Showing: PSM
Browse topics PSM

PSM

Live feed

ޣައްޒާގެ ހަނގުރާމައިގެ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށް ޔަހޫދީން އިއުތިރާފުވެއްޖެ

ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އުދުވާނުގެ ހަޤީޤަތްތައް އޮޅުވާލައި، ކުށެއްނެތް އާންމު ރައްޔިތުންނަކީ 'ޓެރަރިސްޓުން' ކަމުގައި ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށް، ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާނުގެ އޮފީހުގައި ކުރިން މަސައްކަތްކުރި އާޔެލެޓް ކްރޮއިޒަރ އިއުތިރާފުވެއްޖެއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ޔަހޫދީންގެ އަސްކަރީ ޖަރީމާތަކާއި އަނިޔާވެރިކަން ދުނިޔެއަށް ހާމަކުރުމުގައި ހަރަކާތްތެރިވާ 'ބްރޭކިންގ ދަ ސައިލެންސް' ޖަމްއިއްޔާގެ ތަރުޖަމާނު…

"ސިޑްސްގެ ގޮންޖެހުންތައް ހައްލުކުރަން މާލީ އޮނިގަނޑު އިސްލާހުކުރުން އަވަސްކުރަންޖެހޭ"

ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މިހާރުގެ ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަވަސްކުރަންޖެހޭ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެންޓީގާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިމަހުގެ 1އިން 4އަށް ކުރިއަށްދާ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު…

ކުރީގެ ވަޒީރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ވަޒީރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށްފައިވަނީ ރޭ 09:59ގައި ކަމަށެވެ. އަދި ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުގައި ދެންނެވުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، ހ. ރަބީޢީމަންޒިލް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި މި…

ފައިސާ މާރުކުރުމުގެ ސްކޭމްތައް އިތުރުވަނީ

ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، މިދިޔަ ހަފުތާގައި އެކަނިވެސް މިފަދަ 17 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މިދިޔަ ހަފުތާގައި ސްކޭމްގެ ޖުމްލަ 32 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މިމައްސަލަތަކުގައި 737,695.26 ރުފިޔާ ވަނިީ ގެއްލިފައެވެ. އަދި ފުލުހުންގެ އިދާރާއިން ކުރި މަސައްކަތުން މީގެތެރެއިން 144,558.26 ރ…

"އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަގުސަދު ފުރިހަމައަށް ހާސިލުވެއްޖެ"

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަގުސަދު ވަރަށް ފުރިހަމައަށް ހާސިލުވެއްޖެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގެ ކާމިޔާބީ ހިއްސާކުރައްވަމުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފ…

މިއަހަރުވެސް ބޮޑުބެރު ޗެލެންޖުގެ އެއްވަނަ ބޮޑުބެރު ގުރޫޕު 1438އަށް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބޭއްވި ބޮޑުބެރު ޗެލެންޖު 2026ގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް "ބޮޑުބެރު ގުރޫޕު 1438" ހޯދައިފިއެވެ. މިދިޔަ އަހަރުގެވެސް ޗެމްޕިއަންކަން ހޯދި 1438އިން މި އަހަރުގެ އެއްވަނަ ކަށަވަރުކުރީ، ފައިނަލުގައި ވާދަކުރި 5 ޓީމާ ވާދަ ކޮށްގެންނެވެ. އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން އިސްނަގައިގެން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ ގުޅިގެން ވަނީ މައުރަޒުގެ ތެރެއިން ބޮޑުބެރު …

ރަޝިއާގެ ހަމަލާތަކާ ގުޅިގެން ކަޅު ކަނޑުގެ ސަލާމަތީ މަސްރަހު ނާޒުކު ފައްތަރަކަށް

ޔޫކްރެއިންގެ ބަނދަރުތަކުން ކުރަމުންދާ ވިޔަފާރީގެ ދަތުރުފަތުރުތަކަށް ހުރަސްއެޅުމަށް ރަޝިއާއިން ދެމުންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން، ކަޅު ކަނޑުގެ ސަރަހައްދު ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުރައްކާތެރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޔޫކްރެއިނުން ބޭރު ދުނިޔެއަށް މުދާ އެކްސްޕޯޓްކުރުމަށް ބޭނުންކުރާ މައި ބަނދަރުތަކަށް އަމާޒުކޮށް ރަޝިއާއިން ދެމުންދާ ޑްރޯން ހަމަލާތަކުގައި، ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވިޔަފާރި މުދާ އުފުލާ ގިނަ އުޅަނދުތަކަކަށް ވަނީ ގެއްލުންދީފައެ…

"ނަޞްރުގެ ދުވަހުން ގައުމުގެ މިނިވަންކަމަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވޭ"

ނަޞްރުގެ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތު ވެގެންދާ ދުވަހެއްކަމަށް ކުރީގެ ރައީސް، އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިފަދައިން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަހެއްކަމަށެވެ. އަދި މިއީ ދިވެހިންގެ ހިތ…

ވޭމަންޑޫ ހޮސްޕިޓަލް: ކުވޭތު ފަންޑުގެ ވެރިންނާއެކު މަޝްވަރާތަކެއް

ތ. ވޭމަންޑޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 އެނދުގެ ހޮސްޕިޓަލު މަޝްރޫއާ ގުޅޭގޮތުން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ، ކުވެއިތު ފަންޑުގެ އިސްވެރިންނާއިއެކު މަޝްވަރާ ކުރައްވައިފިއެވެ. ކުވެއިތު ފަންޑު ފޯ އެރެބް އިކޮނޮމިކް ޑިވެލޮޕްމެންޓް، ކޭއެފްއޭއީޑީގެ ވަފުދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިމަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ވޭމަންޑޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލު އިމާރާތުގެ ޕްލޭނާއި…

ނަސްރުގެ ދުވަހާ ގުޅިގެން ފަސްޓް ލޭޑީ ތަހުނިޔާ ފޮނުއްވައިފި

ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފޮނުއްވައިފިއެވެ. ފަސްޓް ލޭޑީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ، މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާގެ ޕޯސްޓުގައި ދިވެހި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލުންނާއި، ޝަހީދުންގެ ޒިކުރާ އައުކޮށް ހެޔޮ ދުޢާ ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ މި…

ނަސްރުގެ ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. އެމަނިކުފާނު ދުވަހުގެ ތަޙުނިޔާ ފޮނުއްވާފައިވަނީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ ޕޯސްޓުގައި ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި، ތަޙުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ. އަދި މި ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ޝަހީދުވި ބަޠަލުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއް…

200 މަންދޫބުންނާއެކު ބެލްޓް އެންޑް ރޯޑް މީޑިއާ ކޯޕަރޭޝަން ފޯރަމް ޗައިނާގެ ފޫޖޯގައި ފަށައިފި

ބެލްޓް އެންޑް ރޯޑް މީޑިއާ ކޯޕަރޭޝަން ފޯރަމް 2026، ޗައިނާގެ ފޫޖޯގައި ފަށައިފިއެވެ. ދުނިޔޭގެ 100 ޤައުމަކުން 182 މީޑިއާ އިދާރާއާއި މުއައްސަސާތައް ތަމްސީލުކުރާ 200 އަށްވުރެ ގިނަ ބޭރުގެ މަންދޫބުންނާއެކު، 2026 ވަނަ އަހަރުގެ ބެލްޓް އެންޑް ރޯޑް މީޑިއާ ކޯޕަރޭޝަން ފޯރަމް ޗައިނާގެ ފޫޖޯ ސިޓީގައި ރަސްމީކޮށް ފަށައިފިއެވެ. "ބެލްޓް އެންޑް ރޯޑްގެ ތެރެއިން އެއްބަސްވުންތަކާއި އެއްގޮތް އުންމީދުތައް ހާސިލުކުރުން" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ފޯރަމަކީ، ޕީޕަލްސް ޑެއިލީއާއި ފުޖިއަން އަވަށުގެ ޕީޕަލްސް ގަވަރމަންޓް ގު…

Loading fresh headlines…