Live 13,985 stories Updated Nov 2, 2026
Showing: PSM
Browse topics PSM

PSM

Live feed

ރެއާލް މޮޅުވެ ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ސެންޓަންޑަރ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. ސެންޓެންޑަރގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ. މި މެޗުގެ 11 ވަނަ މިނިޓުގައި ރެއާލް މެޑްރިޑުން ލީޑު ނަގާފައިވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން ކިލިއަން އެމްބާޕޭއަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ކާމިޔާބުކޮށްދިން …

ސާފް ޗެމްޕިއަންޝިޕް: އުއްމީދީ ފޯވަޑަށް އަނިޔާވެ، ބަނގްލަދޭޝް ހާސްވެއްޖެ

ލަނޑުގެ ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާ ބަނގްލަދޭޝްގެ އެންމެ އުއްމީދީ ފޯވަޑް ރޯނަން ސޮލަވެންއަށް އަނިޔާވެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. ބަނގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލޭ އެންމެ ބޮޑަށް އުއްމީދު ކޮށްގެން ކުރީ ބުރާސްފަތި ދުވަހު އަމިއްލަ ގައުމުގައި ފަށާ މުބާރާތުގައި ޓީމުގެ ކުރިއަށް ރޯނަން ލައްވައި ކުޅުވާށެވެ. ނަމަވެސް އެމެރިކާ ލީގުގައި ކުޅޭ ކުޅުންތެރިޔާ އަށް އަނިޔާވުމުން މިހާރު ވަނީ ކުރިއަށް ކުޅުވާނެ ކުޅުންތެރިއަކާމެދު ވަރަށް ބޮޑު ބަހުސެއް އުފެދިފައެވެ. …

ތަރިންގެ މެޗު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމަށް

ބަނގްލަދޭޝްގައި މި ހަފުތާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ކުރިން އެ ގައުމުގެ ކުރީގެ ކުޅުންތެރިން ކުޅުނު ޚާއްސަ ފުޓުބޯޅަ މެޗު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް ކާމިޔާބު ކުރި ކުޅުންތެރިން 2-1 އިން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ކުރިން އިއްޔެ ކުޅުނު މެޗުގައި އަނެއް ކޮޅުން ވާދަކުރީ ދިވެހިރާއްޖެ ބަލިކޮށް އެ ގައުމަށް 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްދިން ޓީމެވެ. ބުރާސްފަތި ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުގެ ފޯރި ގަދަ ކުރުމަށް ބަނގްލަދޭޝްގެ …

އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން އެންޓޮނޭލީއަށް

ފޯމިއުލަރ ވަން ކާރު ރޭހުގެ މިސީޒަންގެ ދުނިޔޭގެ ޗެމްޕިއަންކަން މާސިޑީސްގެ ކިމީ އެންޓޮނޭލީ ކާމިޔާބު ކޮށްފިއެވެ. އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން އެންޓޮނޭލީ ހޯދީ މެކްސިކޯ ސިޓީ ގްރޯން ޕްރީގައި ރޭހުގެ ތިންވަނަ މަގާމު ހާސިލްކޮށްގެންނެވެ. މިރޭހުން ތިންވަނަ ހޯދުމާއެކު އޭނާއަށް 380 ޕޮއިންޓް ލިބިފައިވާއިރު އޭނާއަށް ވުރެ މަތިން އިތުރު ދުއްވުން ތެރިޔަކަށް ޕޮއިންޓް ނުހޯދޭނެކަން މިހާރުވަނީ ކަށަވަރު ވެފައެވެ. މިކާމިޔާބީއާއެކު އެންޓޮނޭލީ ވެފައިވަނީ އެފް ވަންގެ ޗެމްޕިއަންކަން ހާސިލް ކުރި އެންމެ ޒުވާން ދުއްވުނ…

ވިއޭނާ އޯޕަންގެ ޗެމްޕިއަންކަން އަލްކަރާޒް ހޯދައިފި

އޮސްޓްރިއާގައި ބޭއްވި ވިއޭނާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި މިމުބާރާތުގައި ފަސް ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު 6-1 އިން އަލްކަރާޒް ކާމިޔާބު ކުރި ނަމަވެސް މިސެޓުގައި ޑި މިނޯ ވަނީ ކުޅުނު ހަތް ގޭމްގ…

ލާޒިއޯއިން ކަގްލިއާރީ ބަލިކޮށް ތާވަލްގެ އެއްވަނައަށް

އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި ކަގްލިއާރީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލާޒިއޯއަށް ތާވަލްގެ އެއްވަނައިގައި 3 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ލާޒިއޯގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު ލާޒިއޯ އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 2-1 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލާޒިއޯއިންނެވެ. ނަމަވެސް މިއާއެކުވެސް މެޗުގެ ފެށުން ރަނގަޅުވިތަން ފެނިގެންދިޔައީ ކަގްލިއާރީގެއެވެ. މިގޮތުން ކަގްލިއާރީއިން ވަނީ މ…

ޔޫތު އޮލިމްޕިކް ގޭމްސްގައި ލޫޠު މިއަދު ވާދަކުރާނެ

ޔޫތު އޮލިމްޕިކް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކާމިޔާބު ފެތުންތެރިޔާ ލޫޠު މުޙައްމަދު ހުސައިންގެ އިވެންޓު މިއަދަށް ތާވަލުކޮށްފިއެވެ. ރާއްޖެ ގަޑިން ހަވީރު 04:08 ގައި ލޫޠުގެ އިވެންޓް ކުރިއަށްދާއިރު، އޭނާ ފަތާނީ 22 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގައެވެ. އޮކްޓޯބަރުމަހުގެ 31 އިން މިމަހުގެ 13 ގެ ނިޔަލަށް ކުރިއަށްދާ ޔޫތު އޮލިމްޕިކްސް މުބާރާތް މި ފަހަރު ކުރިއަށްދަނީ ސެނެގާލުގެ ވެރިރަށް ޑަކާގައެވެ. މިއީ އެފްރިކާ ބައްރުގައި އޮލިމްޕިކްސް މުބާރާތެއް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. ޔޫތު އޮލިމްޕިކް ގޭމްސްގައި ރާ…

މެޗަކުން ބަލިނުވެ، ވޮލީ ސީޒަނުގެ ހުރިހާ މުބާރާތެއް ވެމްކޯއަށް

ވޮލީ ސީޒަނުގެ ތިން މުބާރާތުގެ މެޗަކުން ބަލިނުވެ، ކުލަބް ވެމްކޯއިން ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފިއެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު، ވެމްކޯއަކީ އަންހެން ވޮލީގެ އެންމެ ކާމިޔާބު ޓީމެވެ. މި ފަހަރުގެ ގައުމީ މުބާރާތުގެ ފައިނަލަށް ވެމްކޯއިން އާދީއްތަ ދުވަހުގެރޭ ނުކުތްއިރު، އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕް އަދި ގައުމީ ލީގު ކާމިޔާބުކޮށްފައެވެ. ގައުމީ މުބާރާތް ވެމްކޯއިން ކާމިޔާބު ކުރީ ފައިނަލުގައި ކުލަބް އެމްޓީސީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ. މިއީ ވެމްކޯއިން ގައުމީ މުބާރާތް ވިދިވިދިގެން …

މިއަދަކީ މައުރަޒުގެ ފަހު ދުވަސް: ވަނަތައް އިއުލާންކުރާނެ

މިއަދަކީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ފަހު ދުވަސްކަމަށް ވާއިރު، މަޢުރަޒުގައި ކުރިއަށްގެންދިޔަ އެކި މުބާރާތްތަކުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުން ކުރިއަށްގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ. އެހެން ދުވަހެކޭވެސް އެއްގޮތަށް މިއަދު ހަވީރުވެސް 4:00 އިން 6:00އަށް އަދި ރޭގަނޑު 8:00 އިން 11:00އަށް މައުރަޒުގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރަށް މަޢުރަޒުގައި ކުރިއަށްގެންދިޔަ އެކި މުބާރާތްތަކުގެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް …

ކުދި ވިޔަފާރިތަކަށް ޕޯޓަލް މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ޚިދުމަތަށް ހުޅުވާލައިފި

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި ޚިދުމަތަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީގެ ކުމެވި ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ މާކެޓުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ދިވެހި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ބައިނަލްއަގުވާމީ ކާޑުތަކުން ދައްކާ ފައިސ…

ޣައްޒާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 8 މަރު

ޔަހޫދީންގެ އައު ހަމަލާތަކެއްގައި ޣައްޒާގައި އިތުރު އަށް މީހުން ޝަހީދުވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ފަސް ފުލުހުން ވެސް ހިމެނެއެވެ. ކަމާބެހޭ އިދާރާތަކުން ބުނީ އެ މީހުން ޝަހީދުކޮށްލާފައި ވަނީ ވަކިވަކިން ދިން ދެ ހަމަލާއެއްގައި ކަމަށެވެ. ޣައްޒާ ސިޓީގައި އާންމުންގެ ތިން މީހުން ޝަހީދުވެފައިވާއިރު، ފުލުސް އޮފިސަރުން ޝަހީދުވެފައި ވަނީ ޚާން ޔޫނިސްގައި ދީފައިވާ ހަމަލާއެއްގައެވެ. ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޣައްޒާގެ ރައްޔިތުން ނ…

81 ކަމިޝަންޑު އޮފިސަރުންނާއެކު އިންސްޕެކްޓާ ކޯހުގެ 7 ވަނަ ބުރު ފަށައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދާ “އިންސްޕެކްޓަރ ކޯހުގެ 7 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ. 81 ކަމިޝަންޑު އޮފިސަރުންނާއެކު މި ކޯސް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން 9 ހަފުތާގެ މުއްދަތަށެވެ. ފުލުހުން ވިދާޅުވީ މި ކޯހުގެ ސަބަބުން، އޮފިސަރުންގެ ކިބައިގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، އަހުލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު…

Loading fresh headlines…