Live 6,031 stories Updated Aug 2, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ގުޅީ ކައުންސިލަށް 2023 ގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވޭކަށް ނެތް: އޮޑިޓް

ކ. އަތޮޅު ގުޅީ ކައުންސިލުން 2023 ވަނަ އަހަރުގެ ނިޔަލަށް ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރު ކުރި މަހުގެ މިންވަރު ވެސް، މަސް ގަތް މިންވަރު ވެސް ބޮޑުތަނުން ދަށަށް!

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ބޭރުކުރި މަހުގެ މިންވަރާއި މަސް ގަތް މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ބަނގުރާ ގެންގުޅުނު ބިދޭސީއަކު ކޯޓަށް ގެންދިއުމުން އެދުނީ އަވަހަށް ޑީޕޯޓު ކޮށްލައިދޭން!

ބަނގުރާ ގެންގުޅުމާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު، އޭނާ ވީ އެންމެ އަވަހަކަށް ރާއްޖެއިން ފޮނުވާލައި ޑީޕޯޓުކޮށްދިނުމަށް އެދިއްޖެ އެވެ.

ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާކަމުގެ ތުހުމަތާއެކު، ކުރީގެ ރައީސް ޔާމީންގެ ބަހުގެ ހަމަލާތަކެއް އޭސީސީ އަދި ފުލުހުންނަށް އަމާޒު ކުރައްވައިފި

ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ފަޅުތަކާއި ގިރިތަކާއި ބިންތައް ބަހަމުންދާ ކަމަށާއި ފުލުހުންގެ ޚިދުމަތުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އަމިއްލަ އިސްނެގުމުގެ މަތިން މި ކަންކަމުގެ ތަހުގީގު ކުރިއަށް ނުގެންދާތީ އެ ދެ މުއައްސަސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑ…

އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓު ސަރަހައްދު ސާފުކުރުމަށް ނުވަ މަސް ދުވަހުގެ ތެރޭގައި 13 މިލިއަން ރުފިޔާ!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުންދާ ފްލެޓުތައް ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށްޓަކައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 13 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.

އެމްޓީސީސީގެ ޓެކްސީތަކުން އުސޫލާ ހިލާފަށް މަގުމަތިން ދަތުރު ނަގައި، ފަތުރުވެރިންގެ އަތުން ޑޮލަރު ނަގާކަމުގެ ތުހުމަތު!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގަމުންދާ ޓެކްސީލައިންގެ ޓެކްސީތަކުން އުސޫލުތަކާ ހިލާފަށް ދަތުރުތައް ނަގަމުންދާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ.

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

ޖުލައި މަހު 9 ވަނަ ދުވަހު ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަޑުނުކޮށް ފިލި ދޯނި އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ތައުލީމާއި، ވަޒީފާގެ ފުރުސަތަށްޓަކައި ކޯޒްވޭގެ މަސައްކަތް ނާލާފުއްޓަށް މުހިއްމު، ކަންބޮޑުވުމަކީ މަސައްކަތް ކުރިއަށް ނުދިއުން!

މީމު އަތޮޅު މުއްޔާއި ނާލާފުށި ގުޅާލުމަށް ކުރިއަށްގެންދާ ކޯޒްވޭގެ މަޝްރޫއު ހުއްޓި، މަސައްކަތުގެ އެއްވެސް އަދާހަމައެއް ނުލިބޭތީ ނާލާފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހާލު ކިހިނެއް؟: ކުޅުދުއްފުށި ސިޓީން ބުނަނީ މުއިއްޒަށް ވެރިކަން ކުރަންވެސް ނޭނގޭކަމަށް، ފައިބައިގެން ދާންވެސް ނޭނގޭކަމަށް، އަދި ބޮލަށްފަސޭހަ އެއްގޮތްވެސް ނެތްކަމަށް!

ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމަށް މައުލޫމާތު ދިން ކުޅުދުއްފުށީ ސިޓީގެ އާންމު ރައްޔިތުން ވަނީ މިހާރު ކުރިމަތިވެފައިވާ ދިރިއުޅުމުގެ ބޮޑެތި ދަތިތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި، ބޭސް ނުލިބުމާއި ކަރަންޓު ބިލު އުފުލުން އެންމެ ބޮޑު ކަން…

Loading fresh headlines…