Live 6,031 stories Updated Aug 1, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި

ށ. ނޫމަރާގައި މަސައްކަތް ކުރާ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން، ވަރަށް ބޮޑަށް ހަލާކުވެ ބައުވެފައިވާ އިމާރާތަކަށް ވަޒީފާއަށް ނުކުތުމަށް އަންގައިފި އެވެ.

ރައީސް މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން: ޔާމީން

ރައީސް ޑރ.މުހައްމަދު މުއިއްޒު ދައުލަތް ހިންގެވުމަށް މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއްގައި ޗޯރުންނަށް ބާރުދީގެން ކަމަށާއި، މިއީ ވައްކަމުގެ ބޮޑު ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ސްމާޓް ކުއެސްޓްގެ ޚިދުމަތްތައް ރާއްޖެއަށް ފުޅާކޮށްފި

ސްރީލަންކާގެ ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ކޯޗިންގ ކުންފުންޏެއް ކަމަށްވާ "ސްމާޓް ކުއެސްޓް" ގެ ޚިދުމަތްތައް ރާއްޖެއަށް ފުޅާކޮށްފި އެވެ. މިއީ އެ ކުންފުންޏަށް 20 އަހަރު ފުރުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައި، ގައުމުން ބޭރުގައި ފެށި ފުރަތަމަ މަޝްރޫއެވެ. އަލަށް އުފެއްދި "ސްމާޓް ކުއެސްޓް ކޯޗިންގ އެންޑް ކ…

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީ ނުކުރެވޭނެ ކަމަށް

ދިވެހިރާއްޖޭގައި އޮތް މީހުން ދިރިއުޅޭ 186 ރަށް އެއްކޮށް ތަރައްޤީ ނުކުރެވޭނެ ކަމަށް ކުރިން ވިދާޅުވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރާއްޖެ ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހެޅި 8 ވަނަ އިޞްލާޙުގެ ރިފަރެންޑަމް ވޯޓުގައި ރިޝްވަތު ހުށަހެޅެމާއި، ދައުލަތުގެ މީޑިއާ ވަކިފަރާތަކަށް ޖެހި…

ސްރީލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ހެޔޮނިޔަތް ދެމިއޮތް ނަމަވެސް، ދެގައުމުގެ ދެމެދުގައި ކުރިން އޮތް ހަމަހަމަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫހާ ދުރަށް ދެވޭކަމުގެ އިހުސާސް ކުރެވެން ފަށައިފި: ހައިކޮމިޝަނަރު މަސްއޫދު

ސްރީލަންކާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމުގެ ހެޔޮނިޔަތް ދެމިއޮތް ނަމަވެސް، ކުރިން އޮތް ހަމަހަމަކަމާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫހާ ދުރަށް ދެވޭކަމުގެ އިހުސާސް ކުރެވެން ފަށައިފި ކަމަށް، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު މަސްއޫދު އިމާދު ވިދާޅުވެއްޖެ…

މ. ނާލާފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު: ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ލިބުނީ ކުރެހުމެއް!

މ. ނާލާފުށި ބަނދަރު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ކައުންސިލަށް ލިބުނީ ބަނދަރު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…