Live 6,031 stories Updated Jul 29, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބެލްޖިއަމް އާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

ކިންގްޑަމް އޮފް ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ ސައީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

މިއަދު މި ގައުމު ގޮސްފައިވާ ހާލަތީ ދަށް ހާލަތެއް ކަމަށާއި ކުނި މެނޭޖު ކުރުމަށް ވެސް ސަރުކާރު ފެއިލްވެފައިވާއިރު ހުޅުމާލެ ރައްޔިތުން މިއަދު ތިބީ ކުނި ބޭރުކުރެވޭނެ އެއްވެސް ގޮތެއް ނެތި، ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހ…

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް: މިދިޔަ ހަފުތާގައި އެކަނިވެސް 20 ކޭސް

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް އަލަށް 20 މީހަކަށް މި ބަލި ޖެހިފައިވެ އެވެ.

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށް ދިނުމާއި، ވަކި ބޭނުމަކަށް އެކަަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާ އަށް ލިޔެދިނުމާއި، އެފަދަ ފަޅުރަށްރަށާއި ފަަޅުތަކާ ގުޅޭ އުސޫލު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް…

އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނުފޫޒުން: ނިޒާރު

އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނުފޫޒުން ކަމަަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ނުވަތަ ޖަނަވާރު ކޮށްޓެކޭ ރައްޔިތުން ބުނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

ދެ އަހަރުން އެއް އަހަރު ބާއްވާ ސާކް ސަމިޓް އަލުން ފެށުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލެއްވުމާ ގުޅިގެން، ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ހެޔޮނިޔަތް އޮންނަ މާހައުލެއްގައި ކަމަށާއި، ވަކި ކަންތައްތަކެއްގެ ސަބަބުން އެކަމަށް ހުރަސްއެޅެމުންދާ ކަމަށް އިންޑިއާ…

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވާތީ އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ފާހަގަކޮށް، ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ނުއަގުގައި ތުރުކީ ކުންފުންޏަކަށް ރަށެއް ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް، އެމްޓީޑީސީގެ އެމްޑީ ބަދަލުކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހާރިޘް މުހައްމަދު އައްޔަނުކުރައްވައިފި އެވެ.

ދެ އަހަރު ތެރޭގައި ދަރަނި 50 ބިލިއަނަށް އަރާފައިވާއިރު ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ މަޤާމުތައް ގިނަކުރުން: ޔައުޤޫބު

ރާއްޖޭގެ ދަރަނި މިހާރުގެ ސަރުކާރުގެ ދެ އަހަރު ތެރޭގައި 50 ބިލިއަނަށް އަރާފައިވާއިރު، ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ސިޔާސީ ގިނަ މަޤާމުތަކެއް ނަގައި އެ މަޤާމުތަކަށް މުސާރަ ދިނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބިލެތްދޫ ފުޓުބޯޅަ ދަނޑު: ނިންމަން ދިން 82 ދުވަހުގެ މުއްދަތު ފަހަނައަޅައި 750 ދުވަސް ފާއިތުވިއިރު ވެސް މަސައްކަތް ނުނިމޭތީ ކައުންސިލްގެ ކަންބޮޑުވުން!

ފ. ބިލެތްދޫ ފުޓުބޯޅަ ދަނޑު ނިންމަން ދިން މުއްދަތު ފަހަނައަޅައި ގޮސް 750 ދުވަސް ވެފައިވާއިރު ވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ބިލެތްދޫ ކައުންސިލުން މިނިސްޓަރ އޮފް ސްޕޯޓްސް އަބްދުﷲ ރާފިއުގެ ސަމާލުކަމަށް މިކަން ގެނެސްފި އެވެ.

އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ 100،000ރ. އާއި ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަނެތި ބޭސް އެތެރެކޮށްފި ނަމަ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ބޭހާއި ބެހޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

Loading fresh headlines…