Live 4,825 stories Updated Jan 29, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި ބައެއް އިދާރާތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ ކޮމިޓީއަކުން ފާސްކޮށްފި

ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހަބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އިލެކްޝަން ކޮމިޝަން އަދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ފާސްކޮށްފި އެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރު ނަގަނީ

ގިރާވަރުފަޅު ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ އެކު "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް އަލުން ގުރުއަތުލުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

ކައުންސިލް އިންތިޚާބަށް ފޯމު ހުށަހަޅުމުގެ ވަގުތު އިތުރު ކޮށްދިން ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ، ދުވަސް އިތުރު ކޮށްދޭން ޖެހޭ: އެމްޑީޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅުމުގެ ވަގުތު އިލެކްޝަން ކޮމިޝަން (އީސީ)ން އިތުރު ކުރި ނަމަވެސް މައްސަލައަށް ހައްލު ނުލިބޭ ކަމަށާއި، ދުވަސް އިތުރު ކޮށްދިނުމަށް މޯލްޑިވިއަން …

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދޭތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި

‎ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސަޢީދު މުހައްމަދުގެ ސިއްހީ ހާލަތު ގޯސްވަމުންދާއިރު، އޭނާއަށް ބޭނުންވާ އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދީފައި ނުވާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

30 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭ، ކުކުޅު ފިހާރައިގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ރާއްޖޭގައި ފުޅާ ދާއިރާއެއް ގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލް ކޮށް އަދި ރީޓެއިލް ކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑެތި ޑިސްކައުންޓް ތަކާއެކު، ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ރޯދަ ސޭލް ފަށައިފި އެވެ.

ރާއްޖޭގައި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ދުވަސް ވަރެއްގައި، އެސްޓީއޯ ފާމަސީ ތަކުން އިންފްލުއެންޒާ ވެކްސިން ހުސްވެއްޖެ

ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ އިންފްލުއެންޒާ ވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާފައި ވަނިކޮށް، ސަރުކާރުން ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އެސްޓީއޯ ގެ ފާމަސީ ތަކުން އިންފްލ…

Loading fresh headlines…