Live 6,053 stories Updated Dec 4, 2025
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

8 މަސް ވީއިރުވެސް އައިސީޔޫ ހަރަދު އެންސްޕާ އިން ޖަމާ ނުކުރޭ!

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިންޑިޔާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ބަލިމީހެއްގެ އައިސީޔޫ ހިދުމަތުގެ ހަރަދު އެންސްޕާއިން ހަމަޖައްސަދޭން އެއްބަސްވި ފަހުން، 8 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވީއިރުވެސް ސަރުކާރުގެ ފަރާތުން ފައިސާ ހަމަޖައްސައިދީފައި ނުވާކަމުގެ މައްސަލައެ…

ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

ށ. ފީވަކުގައި ކަރަންޓް ކޭބަލް ވަޅުލަން ހައިމާކެއް ގެނެސް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ހިއްކާފައި އޮތް ބިމެއްގައި ކޭބަލް ވަޅުލަން ފަކީރާ އާއި އުނދަލި ބޭނުންކޮށްގެން ކޮނުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް ވީދާލާ މަންޒަރު ވީޑިއޯ ފޫޓޭޖް ތަކުން ފެންނަ ކަމަށާއި، އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅައިފި ކަމަށް މާލެ ސިޓީ ކައުންސިލް ގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު 30 ދުވަހަށް ބަންދުކުރުމަށް ނިންމައިފި އެވެ.

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިންޒާރު ދެެއްވައިފި އެވެ.

ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭ ގައި ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި ޒަކާތު ގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ހުށަހެޅި ޒަކާތު ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދޭވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕް ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…