Live 6,030 stories Updated Sep 11, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން

މިހާރު ފެނިގެން ދަނީ ގާނޫނު އަސާސީން ގެނެސް އޮތް ހަމަޖެހުމާއި، ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން ކަމަށާއި ރައީސް މުއިއްޒުގެ އަތްޕުޅަށް ބާރުތައް ގެންނަވާ މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!

މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާ އައްޑާއެއްގެ ގޮތުގައި ގެއެއް ބޭނުންކުރުމުގެ ފުރުސަތު ދިން މައްސަލައެއްގައި އެ ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ ހައްލުނުވެ ހުރި މައްސަލަތައް ނިންމުމަށް އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފި

ބޯހިޔާވަހިކަމާ ގުޅޭގޮތުން ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި، ސީދާ މިނިސްޓްރީން ގޮތް ނިންމުމުގެ ބަދަލުގައި، އެ މައްސަލަތައް ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަނ…

ސިޔާސީ ހަރަކާތްތަކުގެ ސުލޫކީ މިންގަނޑުތަކާއި ޤާނޫނަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި

ސިޔާސީ ޕާޓީތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުތަކަށް ފުރިހަމައަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން، އަޅުގަނޑަކީ ޓޫރިޒަމް މިނިސްޓަރު، އަޅުގަނޑަށް އެނގޭނެ: މިނިސްޓަރު އަމީން

އެމަނިކުފާނު ނުބައި މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ނުކުރުމަށާއި، އެމަނިކުފާނަކީ ޓޫރިޒަމް މިނިސްޓަރު ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ދ. ހުޅުދެލި އައުޓް ޑޯ ޖިމް އަޅަން ދެ އިންތިހާބާ ދިމާކޮށް ވެސް ބިން ސާފުކުރި ނަމަވެސް މަސައްކަތް އަދިވެސް ނުފަށާ!

ދ. ހުޅުދެލީގައި އައުޓް ޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ނިމިދިޔަ މަޖިލިސް އަދި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ފަށާފައިވީ ނަމަވެސް އަދިވެސް އެ މަސައްކަތް ކުރިއަށް ނުދާތީ ހުޅުދެލި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ވައިގަދަވާނެކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ

ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި އެ ރަށު ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

ގާނޫނަށް ހުރިހާ ބަދަލެއް ގެނައުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

ގާނޫނަށް ގެންނަން ބޭނުންވާ ހުރިހާ ބަދަލެއް ގެންނެވުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް މެސެޖެއް ދެއްވުމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއްކަން ފަަޅާއަރައިފި އެވެ.

Loading fresh headlines…