Live 340,887 stories Updated Mar 23, 2026
Browse topics All stories

Latest stories

Live feed

ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

ރެފަރެންޑަމް ވޯޓުގެ ނިންމުން ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ހިސާބުން ފެނާއި ކަރަންޓު އަދި ތެލުގެ އަގު ބޮޑުކުރާނެކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސާޖިއޯ ގޯ ދިވެހި ރާއްޖެއަށް ވަޑައިގެން އުޅުއްވާއިރު، ދިވެހި ސަރުކާރުން އެ ދަތުރުގެ މައުލޫމާތު ވަރަށް ބޮޑަށް ސިއްރު ކޮށްގެން އުޅޭކަން ހާމަ ވެއްޖެ އެވެ.

މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ ސަރުކާރުން ޤާނޫނުތަކަށް ގެންނަ އިސްލާ…

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ގަސްތުގައި ލަސްކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ޤާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ފަސްޓްލޭޑީ ސާޖިދާ ތިނަދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް މިއަދު ވަޑައިގެންފި އެވެ.

މެދުއިރުމަތީ ހަނގުރާމައިގެ ނުރައްކާ ޤައުމުތަކަށް ބޮޑު

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިސާދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ އިންޒާރު، ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އިދާރާއިން (އައިއީއޭ) އައުކޮށްފައެވެ. އެ އިދާރާގެ ވެރިޔާ ފާ…

Loading fresh headlines…