Live 340,900 stories Updated Mar 23, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް

ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްލާފައި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރުމަށް މަޖިލީހަށް ވަޒީރު ހާޒިރު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު …

އިންތިޚާބަށް 8 ލައްކައަށްވުރެ ގިނަ ވޯޓް ކަރުދާސް ޗާޕްކުރާނެ: އީސީ

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ވޯޓަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި މިފަހަރު ވޯޓުލުމަށް ކޮންމެ މީހަކަށްވެސް 3 ކ…

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ތެރޭގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން އެނގި ވަޑައި ނު ގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެ، އެ ޤައުމުގެ ނަން ހާމަކުރެއްވުމަށް ދެކޮޅު …

ދިވެހިންގެ ސަޕޯޓަކީ ކާމިޔާބީ ހޯދަން ލިބޭ ބޮޑު ހިތްވަރެއް: ކެޕްޓަން އިލާން

ރަމިއަދު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ ސަޕޯޓު ވެގެންދާނީ ވަރަށް ބޮޑު ހިތްވަރަކަށް ކަމަށް، ޒުވާން ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ބުނެފިއެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗ…

މުރައިދޫއަށް ޖެންސެންޓް ގެނައި މަންޒަރު ލައިވްކުރި އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަށް ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި

ހއ. މުރައިދޫ އަށް އައު ޖެންސެންޓް ގެނައި މަންޒަރު ސޯޝަލް މީޑިއާއިން ލައިވް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އެރަށުގެ ކައުންސިލްގެ ނައިބު ރައީސް އަބްދުލްކަރީމް އަލީ އަށް ސަރުކާރުގެ ޕާޓީ ޕީއެންސީގެ އެކްޓިވިސްޓުން ފުރައްސާރަކޮށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފި އެވެ.

އެމިރޭޓްސް، ގަތަރު އަދި އިއްތިހާދުން ލަންކާގެ މައްތަލަ އެއާޕޯޓް ބޭނުންކުރަން ހުށަހަޅައިފި

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރަންޖެހި، ދަތުރުތަކަށް ބުރޫއަރާފައިވާތީ އެ ސަރަހައްދުގެ އެއާލައިންތަކުން ހަބެއްގެ ގޮތުގައި ސްރީ ލަންކާގެ މައްތަލަ އެއާޕޯޓް ބޭނުންކުރުމަށް އެ ގައުމުން ހުށަހެޅުން މިހާތަނަށް ތިން އެއާލައިނަކުން ޝައުގުވެރިކަން ފާޅުކޮށްފައ…

ބޯހިޔާވަހިކަމަށް އެދޭއިރު 400 އަކަފޫޓުގެ ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާއަށް ދެވޭ ގޮތް ހަދަނީ

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮންނަ މީހުން، އެ ބައި ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އުސޫލުގައި އޮތް ބައި އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގެ ހާއްސަ ގާނޫނެއް ގެނެއުމަށް ބިލެއް ހުށަހަޅަން ތައްޔާރުވަނީ

ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް މަރުގެ އަދަބު ތަންޒީފު ކުރުމުގެ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުރުރާސްތާއަށް ވިސްނައިގެން 3 ސަރަހައްދެއްގައި ނޭޝަނަލް އޮއިލް ރިޒާވް ގާއިމު ކުރަނީ

ދުރުރާސްތާ އަށް ވިސްނައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…