Live 340,900 stories Updated Mar 23, 2026
Browse topics All stories

Latest stories

Live feed

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ރައްދުގައި، އެމެރިކާގެ އަސްކަރީ ބޭސް ތަކާއި، އެމްބަސީ ތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ދޭހަވާ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވައިފި އެވެ.

ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

ރެފަރެންޑަމް ވޯޓުގެ ނިންމުން ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ހިސާބުން ފެނާއި ކަރަންޓު އަދި ތެލުގެ އަގު ބޮޑުކުރާނެކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ މަންދޫބު ސާޖިއޯގެ ދަތުރު ރާއްޖެ އިން ސިއްރު ކޮށްގެން އުޅުމަށް ފަހު، ނޫސްވެރިން ސުވާލު ކުރުމުން ރާއްޖޭގައި އޭނާ ހުންނެވި ކަަމަށް ސަރުކާރުން އެއްބަސްވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު، ސާޖިއޯ ގޯ ދިވެހި ރާއްޖެއަށް ވަޑައިގެން އުޅުއްވާއިރު، ދިވެހި ސަރުކާރުން އެ ދަތުރުގެ މައުލޫމާތު ވަރަށް ބޮޑަށް ސިއްރު ކޮށްގެން އުޅޭކަން ހާމަ ވެއްޖެ އެވެ.

މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ ސަރުކާރުން ޤާނޫނުތަކަށް ގެންނަ އިސްލާ…

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ގަސްތުގައި ލަސްކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ޤާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ފަސްޓްލޭޑީ ސާޖިދާ ތިނަދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް މިއަދު ވަޑައިގެންފި އެވެ.

Loading fresh headlines…