Live 341,503 stories Updated Mar 14, 2026
Browse topics All stories

Latest stories

Live feed

ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

ޕީއެންސީން ބޭއްވި ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ.

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮލުމަށް ނަގާ ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

މިސަރުކާރަށް މިހާރު މިއޮތް ގޮތަށް ރިފަރެންޑަމް ވޯޓު ކާމިޔާބުވެއްޖެނަމަ، ރައްޔިތުން އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި އޮބްޒާވަރުންނަށް ވުމަށް ދިން މުއްދަތު އިތުރުކޮށްފި

އަންނަ މަހުގެ 4 ގައި އޮންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

ހުރްމުޛް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އިންޑިޔާގެ ދެ އުޅަނދަކަށް ދީފި

ޞަހްޔޫނީ ދައުލަތާއި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ބަންދުކޮށްފައި އޮތް ހުރްމުޛް ކަނޑުއޮޅިން އިންޑިޔާގެ ގޭސް އުފުލާ ދެ އާގުބޯޓު ދަތުރުކުރުގެ ހުއްދަ ދީފިއެވެ. މި ކަމުގެ މަޢުލޫމާތު…

ބާޒާރުގައި މިރުހުގެ އަގު ހެޔޮވެއްޖެ

ބާޒާރުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ދަށަށް ހިނގައްޖެއެވެ. މިރުހަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް އެންމެ ޑިމާންޑް ބޮޑު އެއް ބާވަތެވެ. އަދި މީގެކުރިން ބައެއް ރަމަޟާންމަސްތަކުގައި މިރުހުގެ އަގު އަތްނުފޯރާފަށައް މައްޗައްވެސް ވަނީ ގޮސްފައެވެ. މިއަދު ބާޒާރުގައި 100 ގްރާމް މިރުސް ލިބެން ހުރީ 2…

Loading fresh headlines…