Live 354,529 stories Updated Mar 5, 2026
Browse topics All stories

Latest stories

Live feed

އީރާނުގެ މަނަވަރެއް ޙަމަލާގެ ޝިކާރައަކަށްވެދާނެތީ ލަންކާއިން ޙަރަކާތްތެރިވަނީ

ސްރީ ލަންކާގެ ކަނޑުގެ ސަރަޙައްދުގެ ބޭރުން ދަތުރުކުރަމުންދާ އީރާނުގެ އިތުރު އަސްކަރީ މަނަވަރަކަށް ޙަމަލާއެއް އަމާޒުވެދާނެތީ، އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ފުރާނަ ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ. ސްރީ ލަންކާގެ ސަރުކާރުން މިހެން ބުނެފައިވަނީ، އިއްޔެގ…

ދެ އިންތިޚާބު އެއްކޮށް ބާއްވަނީ ޚަރަދުތައް ބޮޑުވާތީ: މިނިސްޓަރު

އެއްދުވަހެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަނީ އެކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވާތީ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

ދަރިފުޅު ދިފާއުކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ކުރެވުނު ފަރުހާދު ފިކުރީގެ މައްޗަށް އޮތް ތުހުމަތު ސާބިތު ނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުގެ ތެރެއިން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ އައިޓީބީ ބާލިން ފެއާގެ ހޯސްޓް ކަންޓްރީއަކަށް ރާއްޖެ

ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ އައިޓީބީ ބާލިން އަންނަ އަހަރު ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސައި، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިޓީ ބާލިންގެ ރާއްޖޭގެ ސްޓޭންޑުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި…

މިނިސްޓަރު އާދަމް ޝަރީފް ފުރަތަމަ ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭ ކަމަށް، ފަހުން ވިދާޅުވީ އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވެފައި އޮތިއްޔާ އެ ވާނީ ނުދޭ ކަމަށް!

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ކައުންސިލްތަކުގެ އެއްބާރުމާއެކު ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް …

Loading fresh headlines…