ރަކީދޫ ރައްޔިތުން ނިކުމެ ކައުންސިލް އިދާރާ ބަންދުކޮށްފި
ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލުގެ ތިން މެންބަރުން އިސްތިއުފާ ދިނުމާ ގުޅިގެން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބެމުން ނުދާތީ، އެ ރަށު ރައްޔިތުން ނިކުމެ ހޯމަ ދުވަހު ކައުންސިލް އިދާރާ ބަންދުކޮށްފި އެވެ.