Live 344,731 stories Updated Dec 12, 2025
Browse topics All stories

Latest stories

Live feed

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުން އާއިލާ އަދި ގައުމަށް ފައިދާ ކުރޭ: ސާޖިދާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ އާއިލާއާއި ގައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޙައްޖު އަދި ޢުމްރާގެ ޚިދުމަތް އެންމެ ރަނގަޅަށްދޭ ކުންފުނިތަކަށް ޚާއްސަ އެވޯޑެއް ތަޢާރަފްކުރަނީ

ޙައްޖާއި ޢުމްރާގެ ޚިދުމަތް އުސޫލާއެއްގޮތަށް، އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. ރާއްޖޭގައި ޙައްޖު އަދި ޢުމްރާގެ ކަންތައްތައް ކުރަމުންއައީ ސަރުކާރާއި އަމިއްލަ ކ…

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރަން ވިޒިޓް މޯލްޑިވްސް، އަލިޕޭ، އަދި ބީއެމްއެލްއިން އެއްބަސްވުމެއް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބީއެމްއެލްއިން އަލިޕޭ ޕްލަސްއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ދެމެދު އެކުލަވާލި އެއްބަސްވުމަކީ ރާއްޖޭގައި ފޯރުކޮށްދޭ މާލީ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމ…

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރަން އެދިއްޖެ

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ ޖަލުގައި ތިބޭ ޤައިދީން އެކި ފަރާތްތަކަށް ގުޅައި، ޤާނޫނާއި ގަވައިދާ ޚިލާފު ޢަމަލުތައް ހިންގަމުންދާކަން ފާހ…

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް, ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި އެވެ.

މެންބަރު މައުރޫފް ހައްޔަރު ކުރި މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅައިފި

ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީއިން ބަލައި ދިނުމަށް އެދި ހުށަހަޅައިފި އެވެ.

Loading fresh headlines…