Live 355,967 stories Updated Jan 6, 2026
Browse topics All stories

Latest stories

Live feed

ދުވަސްވީ މީހުންގެ ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ އާމްދަނީ ބޮޑު ނަމަ ޕެންޝަން ކަނޑާލަން ހުށަހެޅި ބިލުގެ މަސައްކަތް މި މަހު ނިންމަނީ

ދުަވަސްވީ މީހުންނަށް ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭ ނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު ގެ ކޮމިޓީ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމައިފި އެވެ.

ދަނޑުތަކަށް ފަސޭހައިން ކަރަންޓާއި ފެން ލިބޭނެ އިންތިޒާމު ހަމަޖައްސަން މަޝްވަރާކޮށްފި

ރަށްރަށުގައި ދަނޑުވެރިކަން ކުރާ ސަރަޙައްދުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެ ގޮތް ހަމަޖެއްސުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު މަޝްވަރާކޮށްފިއެވެ. މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖި…

ހައްސާސް މައްސަލައެއް ނެތްއިރު ޖަލްސާތައް ބާއްވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެމްޑީޕީން ބޯއިކޮޓް ކުރަނީ

ހައްސާސް މައްސަލައެެއް ނެތް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވަމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކޮށްފި އެވެ.

ބީޗްވޮލީ އާއި ހޭންޑްބޯޅައިގައި ކާމިޔާބީ ހޯދޭނެ: ތަމޫހު

ކުރިއަށް އޮތް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއަށް، ބީޗް ވޮލީބޯޅައާއި ބީޗް ހޭންޑްބޯޅައިން ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެކަމަށާއި އެކަމަށް އުއްމީދުކުރެވޭކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެއެވެ. މިއަހަރު ރާއްޖެއިން …

ބައްސާމަށް 23 އަހަރުގެ ޖަލު ހުކުމަކާއި 44 މިލިޔަން ރުފިޔާގެ ޖޫރިމަނާއެއް

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ފޮނުވި 1.2 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލި…

ރާއްޖެ އަށް ލިބެން އޮތް 33.7 މިލިއަން ޑޮލަރު ރާއްޖެ އަށް ގެއްލުމުގެ ޒިންމާ ނަގާ، ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ: ޑރ.ޝަމްހީދު

ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރު ރާއްޖެ އަށް ގެއްލުމުގެ ޒިންމާ ސަރުކާރުން ނަގާ، ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…