އެޗްޑީސީއަށް ކުލި ނުދެއްކި މައްސަލައިގައި 'ރިވެލި ބީޗް ރެސްޓޯރެންޓް' ހިންގި ބިން އަތުލައިފި
ހުޅުމާލޭގައި "ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް" ހިންގަމުންދިޔަ ބިން، ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލައިފި އެވެ.އެޗްޑީސީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުން ފެށިގެން އެ ބިމުގައި އެއްވެސް ބާވަތެއ…