Live 359,243 stories Updated Nov 3, 2026
Browse topics All stories

Latest stories

Live feed

ދިލްޖީތުގެ އިންދޯރު ޝޯއަށް ބޮމުގެ އިންޒާރެއް: އައިއީޑީ ގޮއްވާލާނެ ކަމަށް ބުނެ ބިރުވެރި މެއިލްތަކެއް

03 Nov 2026, 09:29 އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް، މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ކޮންސަޓަށް އަމާޒުކޮށް ބޮމުގެ ނުރައްކާތެރި ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބިއްޖެއެވެ. ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ޝޯގެ ތެރޭގައި އައިއީޑީއެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ އިންދޯރުގެ އަމިއްލަ ތިން ސްކޫލަކަށާއި އެ ސިޓީގެ މޭޔަރުގެ އޮފީހަށް ފޮނުވި އީމެއިލްތަކެއް މެދުވެރި…

ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ އަޅަން ބަޔަކާ ހަވާލުކޮށްފި

ކަޅުތުއްކަލާކޮށީގެ 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކޮށްފިއެވެ. މިއިމާރާތަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ ތަރައްޤީއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އުމްރާނީ ބިނާއެވެ. ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ …

ޝާހުގެ "ކިންގް"ގެ ލަވައަކުން ފެނިދާނެކަމުގެ އިޝާރާތެއް ކަރީނާ ދީފި

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ލަވައަކުން ފެނިދާނެކަމުގެ އިޝާރާތެއް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން ދީފި އެވެ. ކަރީނާ އެފަދަ އިޝާރާތެއް ކުރީ ޝާހުގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ. ކަރީނާ އިންސްޓަގްރާމް ކުރި ޕޯސްޓުގައި ފެންނަނީ ކަޅާއި ހުދުގެ ފޮޓޯއެއްގައި އޭނާ އާއި ޝާހުގެ ހިޔަނި (ސިލްއުއެޓް) އެވެ. އެ ފޮޓޯއިން ދެ ތަރިން އެކުގައި ނެށުމަކަށް ތައްޔާރުވަމުންދާކަން ދައްކުވައިދޭއިރު، ފިލްމުގައި ހާއްސަ ލަވައަކުން ނުވަތ…

ނަޞްރުގެ ބިނާގައި ބޭއްވި ދިދަޖެހުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. އެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދުގައެވެ. ރައީސްގެ ދެކަނބަލުން މި ރަސްމިއްޔާތަށް ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުންނަ ސަރަހައްދަށް ވަޑައިގަތުމުން އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެ…

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި…

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑު މައުންޓްކޮށްފި

ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާ ޞަރަޙައްދުގައި މިއަދު ހެނދުނު 06:00ގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނަބަލުން ސާޖިދާ މުޙައްމަދު ވަޑާއިގެންނެވުމުން މަރުޙަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަނ…

ކުޅުދުއްފުށި ސިޓީގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ރައްކާތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީން އިސްނަގައިގެން، ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 29 އިން 30 ގެ ނިޔަލަށެވެ.މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އެކި އުމުރުފުރާތަކުގެ ކުޑަކުދިންގެ އަޚްލާޤާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބެލެނިވެރިންނާއި ރަ…

"މިވަންކަންމަތީ ދެމިތިބުމަށް ސިފައިންގެ ޖިހާދަކީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް"

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީސް މީޑިއާގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްޙޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައ…

ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައިފި

އާންމުންގެ ބޮޑު ތަރުޙީބަކާއި ޝައުޤުވެރިކަމެއް ލިބިގެންދިޔަ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މައުރަޒު ކުރިއަށްގެންގޮސްފައިވަނީ މުޅި ޖުމްލަ 9 ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ވިޔަފާރިތައް ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މައުރަޒަކީ، އިޤުުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީއިން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ. Pre…

މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، އެމްސީޖީއެޗް އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވައިފިއެވެ. މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް، އެމްޓީއެޗްޖީ އުފައްދަވާފައިވަނީ ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓ…

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައި، އާ ބޯޑު އެކުލަވާލައިފި

"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި އޭގެ ބަދަލުގައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފި އެވެ. ރައީސް އޮފީހުން ރޭގައި ބުނީ، ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ސަރުކާރުގެ ހޮސްޕިޓަލްތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސުމަށް، މ…

"ނަސްރުގެ ދުވަހު ލިބިގަންނަންވީ ޤައުމު އިސްކުރުމުގެ ފިލާވަޅު"

ނަސްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކުވެސް ލިބިގަންނަންވީ ޤައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު ޙަސަން ރަޝީދު މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ ޚިޠާބުގައެވެ. 3 ނޮވެމްބަރ 1988 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އަބުޠާލުންގެ ޒިކުރާ އައު ކުރައްވައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހ…

Loading fresh headlines…