ގައުމީ ތަށި ވިދިވިދިގެން ފަސްވަނަ ފަހަރަށް ހޯދައި ވެމްކޯއިން އަންހެން ވޮލީގައި ނުފޫޒު ގަދަކޮށްފި
ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ފަސްވަނަ ފަހަރަށް ހޯދައި، ކްލަބް ވެމްކޯއިން އަންހެން ވޮލީގައި ނުފޫޒު އިތުރަށް ގަދަކޮށްފި އެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި އެމްޓީސީސީއާ ވާދަކޮށް ވެމްކޯއިން މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް ވެމްކޯއިން ގެންދިޔަ އެވެ. އެއީ 25-22 އަދި 25-16 އިންނެވެ. ތިންވަނަ ސެޓްގައި ދެ ޓީމުން ވެސް ވާން ކުރި އެވެ. އެ ސެޓް ގެންދާނެ ހަމަހަމަ ފުރުސަތެއް ދެ ޓީމަށް ވެސް އޮތެ…