އެ ބިރުވެރި އުދުވާން: މިއަދަށް އިބުރަތަކީ ކޮބާ؟
03 Nov 2026, 09:55 ތިނެއްް ނޮވެމްބަރު 1988ގެ އުދުވާނީ ހަމަލާއަށް މިއަދު 38 އަހަރު ފުރުނުއިރު، އުމުރުން ގާތްގަނޑަކަށް 35 އަހަރުން ދަށުގެ އެއްވެސް ދިވެހި ޒުވާނަކަށް އެ ބިރުވެރި ދުވަސް އަމިއްލަ ލޮލުން ދެކެ، ތަޖުރިބާކުރެވިފައެއް ނުވާނެއެވެ. އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅަށް މި ފުރެނީ 33 އަހަރެވެ. އޭނާއާއި އޭނާގެ ހަގަށް ތިބި އެއްވެސް ކުއްޖަކީ އެ ނުރައްކާތެރި ފަތިހުގެ ބަޑީގެ އަޑު އިވި، އެ ނާމާންކަން ތަހައްމަލުކުރި ކުދީންނެއް ނޫނެވެ. އެހެންކަމުން، އެ ދުވަސް ގާތުން ތަޖުރިބާކުރި އަޅުގަނޑާއި އަޅުގަނޑުގެ …